ހުރިހާ ތަނަކަށް ޤައުމު ދަރުވާލާފަ!: އެމްޑީޕީގެ ވެރިކަން ބަދަލުވީވެސް އޭޑީކޭއަށް ނުދައްކާއޮތް 114 މިލިއަން ރުފިޔާގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ހުރިހާ ތަނަކަށް ޤައުމު ދަރުވާލާފަ!: އެމްޑީޕީގެ ވެރިކަން ބަދަލުވީވެސް އޭޑީކޭއަށް ނުދައްކާއޮތް 114 މިލިއަން ރުފިޔާގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް!

ފާއިތުވި އޮކްޓޯބަރު މަހުގެ ނިޔަލަށް ސަރުކާރުން އޭޑީކޭއަށް ދައްކަންޖެހޭ 144،376،112 ރުފިޔާ އޮތް ކަމަށާއި އޭގެ ތެރެއިން 78.5 މިލިއަން ރުފިޔާއަކީ ފައިސާ ނުދައްކައި 90 ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ބިލްތައް ކަމަށްވާތީ އެ 78.5 މިލިއަން ހޯދަން މަޖިލީހުން ވެދެވެން އޮތް އެހީއެއް ވެދިނުން އެދި އޭޑީކޭއިން ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅާފައިވާކަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ހާމަކޮށްފިއެވެ. 

މިއަދުނޫހަށް މަޢުލޫމާތުލިބިފައިވާ ގޮތުގައި މިމައްސަލަ އޭޑީކޭއިން މަޖިލީހަށް ވެއްދީ ރައިސް އިބްރާހީމް ގެ ވެރިކަމުގައެވެ. ބިލްތަކަށް ފައިސާ ނުލިބި ގިނަދުވަސްތައް ފާއިތުވެ އެކަމުގެ ދަތިކަން އެޑީކޭއަށް ކުރިމަތިވެގެންނެވެ. 

ޤައުމު ހުރިހާ ދިމާޢަކުން އިމެއް ނެތި ދަރުވާލައި، ޤައުމު ބޭރުޤައުމުތަކަށް އަޅުވެތިކުރުވާފައި މިއަދު ނުކުމެ މިސަރުކާރުގެ އިޤްޠިޞޯދީ ސިޔާސަތަށް އެމްޑީޕީން ފާޑުކިޔައި ބޮޑެތި ދޮގު ވާހަކަތައް ފަތުރަމުން ގެންދާއިރު އެމްޑީޕީގެ ވެރިކަމުގައި ޤައުމުގެ އިޤްޠިޞޯދު ހިންގާފައިވާ ގޮތް މިހިރަދަނީ ފެންނަމުންނެވެ.  

އޭޑީކޭ އިން މިފަދަ މައްސަލައެއް މަޖިލީހަށް ވައްދާނީ ކިހައި ހިސާބަކަށް ކަންކަން ދިއުމުންކަން ކޮންމެ ރައްޔިތަކަށްވެސް ވިސްނޭނެއެވެ.

 

މިއަދު އޮންލައިން