ވިޔަފާރީގެ މަޝްވަރާތަކަށް އިޤްތިޞާދީ ވަޒީރު އެމެރިކާއަށް ދަތުރުފުޅެއް ފަށްޓަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 39ސ
ވިޔަފާރީގެ މަޝްވަރާތަކަށް އިޤްތިޞާދީ ވަޒީރު އެމެރިކާއަށް ދަތުރުފުޅެއް ފަށްޓަވައިފި

ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، ރާއްޖޭގެ އިޤްތިޞާދީ ވަޒީރު އެމެރިކާއަށް ދަތުރުފުޅެއް ފަށްޓަވައިފިއެވެ.

މި ދަތުރުގެ އެންމެ ބޮޑު ބޭނުމަކަށްވާނީ، ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުންތައް ވަރުގަދަކޮށް ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ހޯދުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުންކަމަށް އިޤްތިޞާދާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

އިޤްތިޞާދާ ބެހޭ ވުޒާރާއިން ބުނެފައިވަނީ މި ދަތުރުފުޅުގައި އިޤްތިޞާދީ ވަޒީރު އެމެރިކާގެ އިޤްތިޞާދީ ދާއިރާގެ އިސް ބޭފުޅުންނާއި ވިޔަފާރިއާއި ގުޅޭ އިދާރާތަކުގެ އިސްފަރާތްތަކާ ބައްދަލުކުރެއްވުމުގެ އިތުރުން، އެމެރިކާގެ ވިޔަފާރިވެރިންގެ މައި ޖަމްޢިއްޔާ "ޗެމްބަރ އޮފް ކޮމަރސް"ގެ އިސް ބޭފުޅުންނާވެސް ބައްދަލުކުރައްވާނެކަމަށެވެ.

 

މިއަދު އޮންލައިން