ޤުރުއާނާބެހޭ އެކި މާއްދާތައް އޮންލައިންކޮށް ކިޔެވެމުގެ ހުއްދަދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 44ސ
ޤުރުއާނާބެހޭ އެކި މާއްދާތައް އޮންލައިންކޮށް ކިޔެވެމުގެ ހުއްދަދީފި

ޤުރުއާނާބެހޭ އެކި މާއްދާތައް އޮންލައިންކޮށް ކިޔެވެމުގެ ހުއްދަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، (އެމްކިއުއޭ) އިން ދީފިއެވެ.

ކިމަމާގުޅިގެން އެމްކިއުއޭ އިން ބުނެފައިވަނީ ރާއްޖޭގައި ކޯސްތައް އޮންލައިންކޮށް ކިޔަވައިދިނުމުގެ ގައިޑްލައިނެއް ޢާންމުކުރީންސުރެ، އޮންލައިންކޮށް ކިޔަވައިނުދެވޭނެ 8 ދާއިރާއެއް ހިމެނޭ ކަމަށާއި އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީން ކިޔަވައިނުދެވޭނެ ކަމަށް މިހާތަނަށް ކަނޑައަޅާފައިވާ 8 ދާއިރާގެ ތެރޭގައި ޤުރުއާނުގެ ކޯސްތައްވެސް ހިމެނޭ ކަމަށެވެ.

މިކަމާގުޅިގެން އެމްކިޔުއޭގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދު ވިދާޅުވީ ގައިޑްލައިންގައި އޮންލައިންކޮށް ކިޔަވައިނުދެވޭނެ ކަމަށްބުނާ ދާއިރާތަކުގެ ކޯސްތައް، ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކައިގެން އޮންލައިންކޮށް ކިޔަވައިދެވޭތޯ ބަލަމުންދާ ކަމަށާއި މިގޮތުން ޤުރުއާނުގެ ދާއިރާގައި ހިމެނޭ ކޯސްތައް ހިންގުމުގެ ހުއްދައަށް އެދުމުން އެ ހުއްދަ ދީފައިވާކަމަށެވެ.

 

މިއަދު އޮންލައިން