އެޑިއުކޭޝަން މިނިސްޓަރ އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖްމަންޓްގެ ބޭފުޅުންނާއި ބައްދަލު ކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
އެޑިއުކޭޝަން މިނިސްޓަރ އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖްމަންޓްގެ ބޭފުޅުންނާއި ބައްދަލު ކުރައްވައިފި

އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖްމަންޓްގެ ބޭފުޅުންނާއި ބައްދަލު ކުރައްވައި، އެ ކަމަނާގެ ވުޒާރާގެ މަސައްކަތާއި ގުޅުން ހުރި ބައެއް ކަންކަމާމެދު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފާލްގެ އިތުރުން އެ ހޮސްޕިޓަލްގެ އިސް ބައެއް ބެފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ސްޕެޝަލިސްޓް ނަރުހުންގެ ފަންނީ ތަމްރީނުތައް ކުރިއެރުވުމަށް އެ ހޮސްޕިޓަލުން ކުރަމުން އަންނަ ކަންކަމާއި، އިތުރަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވަނީ މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައެވެ. އަދި މީގެ އިތުރުން، މަތީތައުލީމްގެ ދާއިރާ އާއި ގުޅުންހުރި ޞިއްޙީ ދާއިރާގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ޚިޔާލުބަދަލުކޮށް މަޝްވަރާކުރެއްވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެކި ފަންތީގެ ބޭފުޅުން ގެންދަވަނީ، ރާއްޖެއަށް ބޭނުންވާ ހުރިހާ ދާއިރާއެއްގެ ފަންނުވެރިންގެ މަސައްކަތްތައް ކުރިއެރުވުމަށްޓަކައި އެކިއެކި ދާއިރާތަކާއި ގުޅުން ހުރި އިދާރާތަކާއި ޖަމިއްޔާތަކާއި ޖަމާއަތްތަކާއި ބައްދަލު ކުރައްވައި ޚިޔާލު ބަދަލުކުރައްވައި އެކިއެކި ކަންކަމާމެދު މަޝްވަރާ ހޯއްދަވަމުންނެވެ.

 

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން