"ޗައިނާ-ސައުތް އޭޝިޔާ ފީމޭލް ޕޮލިޓިކަލް ލީޑަރސް ޕްރޮގްރާމް" ގައި ބައިވެރިވުމަށް މިނިސްޓަރ މާރިޔާ ޗައިނާ އަށް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
"ޗައިނާ-ސައުތް އޭޝިޔާ ފީމޭލް ޕޮލިޓިކަލް ލީޑަރސް ޕްރޮގްރާމް" ގައި ބައިވެރިވުމަށް މިނިސްޓަރ މާރިޔާ ޗައިނާ އަށް

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލް ޑިވެލޮޕްމަންޓް، ޑރ. މަރިޔަމް މާރިޔާ، ޗައިނާގެ ދަޢުވަތަކަށް، ޗައިނާގައި ބާއްވާ "ޗައިނާ-ސައުތް އޭޝިޔާ ފީމޭލް ޕޮލިޓިކަލް ލީޑަރސް ޕްރޮގްރާމް"ގައި ބައިވެރިވެ ވަޑައިނަވައިފިއެވެ.

މިއަދުން ފެށިގެން މި މަހުގެ 16 އަށް، ޗައިނާގެ ވެރިރަށް ބެއިޖިންގައި ކުރިއައްދާ މި ޕްރޮގްރާމަކީ ސީ.އައި.ސީ.ޑީ.އޭ އަދި "އޯލް ޗައިނާ ވިމެންސް ފެޑެރޭޝަން"އާއި ގުޅިގެން، ޗައިނާއާއި ދެކުނުގެ ގައުމުތަކުގައި ސިޔާސީ މަގާމުތައް އަދާކުރައްވާ އަންހެންބޭފުޅުނަށް ޙައްސަކޮށް ބާއްވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ދިވެހިރާއްޖެއިން ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މިނިސްޓަރ ޑރ. މަރިޔަމް މާރިޔާގެ އިތުރުން މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް، ޑރ. އައިޝަތް ޝިމާ، މިނިސްޓަރ އޮފް ފޮރިން އެފެއާރސް، ޝެރީނާ އަބްދުލްސަމަދު އަދި ރައްޔިތުން މަޖިލީހުގެ ތިން މެންބަރުންކަމަށްވާ ފާތިމަތު ސައުދާ، އަސްމާ ރަޝީދާ އަދި އަނާރާ ނައީމް ހިމެނެއެވެ.

"ޗައިނާ-ސައުތް އޭޝިޔާ ފީމޭލް ޕޮލިޓިކަލް ލީޑަރސް ޕްރޮގްރާމް"ގެ މައިގަނޑު މަޤްސަދަކީ ޗައިނާއާއި ދެކުނުގެ ޤައުމުތަކުގެ ސިޔާސީ މަގާމުތައް އަދާކުރައްވާ އަންހެންބޭފުޅުންނަށް ދިމާވާ ގޮންޖެހުންތަކާއި އެބޭފުޅުންގެ ތަޖުރިބާތަށް ހިއްސާކުރައްވައި އަންހެނުން ބާރުވެރިކުރުވުމާއި ގުޅިގެން މަޝްވަރާކުރުމެވެ.

 

 

 

ހަބަރު: ސަރުކާރު

 

މިއަދު އޮންލައިން