ގަވައިދާ ހިލާފަށް ވިޔަފާރިކުރަމުންދިއަ 4 ބިދޭސީއަކު އަތުލައިގެންފި އެވެ.
މިކަމާގުޅިގެން އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ވަނީ ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން ރޭ ހުޅުމާލޭގެ ދެ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެގޮތުން ރޭގެ ވަގުތެއްގައި ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދިޔަ 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ހާއްސަ ޖޮއިންޓް އޮޕަރޭޝަނެއް ފަށާފައިވަނީ ހުސްވި ޖޫންމަހުގެ ފަހު ކޮޅުއެވެ.