ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހަޓުތައް ހުރި ސަރަހައްދުގައި ކިއޮސްތަކެއް ހަދަންފަށައިފިއެވެ.
ހުޅުމާލެ ރުއްގަނޑު 3 ސަރަހައްދުގައި ހުރި ހުރިހާ ހަޓުތައް ނެގުމަށް އެޗްޑީސީން އެންގީ އެ ސަރަހައްދު ތަރައްގީ ކުރުމަށެވެ. އެ ސަރަހައްދުގައި ހަޓުތައް ހަދައިގެން ކެފޭއާއި ހެދިކާ ވިއްކާ ތަންތަން ހިންގަމުންއައީ އެޗްޑީސީގެ ހުއްދަނެތިއެވެ.
މިކަމާގުޅިގެން ހައުސިން ޑިލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީން) ބުނެފައިވަނީ މި ގެންނަ ބަދަލާއެކު ވިޔަފާރިތަކަށް ބޭނުންވާ ވަސީލަތްތައް އެތަނުގައި ޤާއިމުކުރެވޭނެ ކަމަށާއި، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލާނެކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ވީހާވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށްކަމަށެވެ.