ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވާން އުޅުނު ބިދޭސީންތަކެއް އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.
މިކަމާގުޅިގެން އިމިގްރޭޝަނުން ސޯޝަލް މީޑިއާގައިކޮށްފައިވާ ޕޯސްޓެއްގައި ބުނީ ހުއްޓުވާފައިވަނީ ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށްގެން ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތްކުރި ހަތަރު ފިރިހެން ބިދޭސީން ކަމަށެވެ.
މީގެ ތެރޭގައި ހިމެނެނީ 28 އަހަރުގެ މީހަކާއި 31 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 22 އަހަރުގެ މީހެކެވެ. އެހެންނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއް ކަމެއް އިމިގްރޭޝަނުން ހާމައެއް ނުކުރެއެވެ.