މިހާތަނަށް 93 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށްގެންގޮސްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބިނެފިއެވެ.
މިކަމާގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެމުން އިމިގްރޭޝަނުން ބުނެފައިވަނީ ދިވެހީންނަށް ކުރެވޭ ވިޔަފާރިތަކުގައި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވާ 93 ބިދޭސީއަކު ބެލުމުގެ ދަށަށް މިހާތަނަށް ގެންގޮސްފައިވާކަމަށާއި މީގެ ތެރޭގައި މިދިޔަ ޖޫންމަހުގެ ނިޔަލަށް ހިފެހެއްޓި 69 ބިދޭސީން ހިމެނޭކަމަށެވެ.
މީގެ އިތުރުން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރުމުގެ މައްސަލައިގައި މިމަހުގެ މިހާތަނަށް 24 ބިދޭސީއަކުވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ ޕްރޮގްރާމް މިމަހުގެ ފަހުކޮޅު ސިޓީ އަދި ރަށު ކައުންސިލްތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިޔުމަށް މިހާރުދަނީ ތައްޔާރުވަމުންނެވެ.