19 އަހަރާއި 34 އަހަރާ ދެމެދުގެ ކޮންމެ ދިވެއްސަކަށްވެސް މިހާރު ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
19 އަހަރާއި 34 އަހަރާ ދެމެދުގެ ކޮންމެ ދިވެއްސަކަށްވެސް މިހާރު ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ

19 އަހަރާއި 34 އަހަރާ ދެމެދުގެ ކޮންމެ ދިވެއްސަކަށްވެސް މިހާރު އާސަންދަ މެޑިކަލް ޗެކަޕްގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެކަމަށް އާސަންދައިން ބުނެފިއެވެ.

މިއާއެކު ރާއްޖޭގެ ކޮންމެ މީހަކަށް އަހަރަކު 2 ފަހަރު ހިލޭ އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު މިވަނީ ހުޅިވިފައެވެ. ސަރުކާރުގެ ޞިއްޙީ ފަރުވާ ދޭ ކޮންމެ ހޮސްޕިޓަލަކުންވެސް މެޑިކަލް ޗެކަޕް ހެދޭނެއެވެ. މިއިންތިޒާމުގެ ތެރެއިން އުމުރުން 40 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ކެންސަރ ސްކްރީންކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުމުރުން 50 އަހަރުން މަތީގެ މީހުން އަދި އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުމުރުން 35 އަހަރާއި 49 އަހަރާއި ދެމެދުގެ އުމުރުފުރައިގެ މީހުންނަށާއި އުމުރުން 19 އަހަރުން ދަށުގެ ކުދިންގެ މެޑިކަލް ޗެކަޕް އާސަންދައިގެ ދަށުން ހެދޭނެ ގޮތްވަނީ ހަމަޖައްސަވާފައެވެ.

އާސަންދައިން އެންމެ ފަހުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ މޭއިމަހުގެ މެދާ ހިސާބަށް 700 އަށްވުރެ ގިނަ މީހުންވަނީ މެޑިކަލް ޗެކަޕް ހަދާފައެވެ. 

 

މިއަދު އޮންލައިން