ސަރުކާރު ކުންފުނިތަކުގެ ޑިރެކްޓަރުންނަށް ތަޖުރިބާހުރި ފަންނީ ފަރާތްތަކެއް ހޯދަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ސަރުކާރު ކުންފުނިތަކުގެ ޑިރެކްޓަރުންނަށް ތަޖުރިބާހުރި ފަންނީ ފަރާތްތަކެއް ހޯދަނީ

ސަރުކާރު ކުންފުނިތަކުގެ ޑިރެކްޓަރުންނަށް ތަޖުރިބާ ހުރި ފަންނީ ފަރާތްތަކެއް ހޯދަމުންދާކަމަށް  ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ޕީސީބީން ހާމަކޮށްފިއެވެ.

މިކަމާގުޅިގެން ޕީސީބީން ނެރެފައިވާ ނޫސްބަޔާނެއްގައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑާއި ކުންފުނިތަކުގެ އިންޓަރނަލް އޮޑިޓް ކޮމިޓީތަކުގެ މަސައްކަތް ހަރުދަނާ ކުރުމުގެ މަސައްކަތް ޕީސީބީން ފަށާފައިވާ ކަމަށެވެ. އެގޮތުން އޮޑިޓް ކޮމެޓީގައި ހިމަނަން ޖެހޭ އެކައުންޓްސް ދާއިރާގެ ތަޖުރިބާ ހުރި ޑިރެކްޓަރުގެ މަޤާމަށާއި މުޅި ކުންފުނީގެ އިންޓަރނަލް ކޮންޓްރޯލްސް އަދި ރިސްކް މެނޭޖްމެންޓް ހަރުދަނާ ކުރުމަށާއި މާލީ ގޮތުން ފުދުންތެރި ކުންފުންޏަކަށް ހެދުމަށް އިރުޝާދު ދެވޭނެ ފަދަ ފަންނީ ފަރާތްތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕީސީބީން ބުނެއެވެ.

މިބަދަލާއެކު ކުންފުނިތަކުގެ ބޯޑުގައި އެކައުންޓިނގް އެންޑް ފިނޭންސް ދާއިރާގެ ތަޖުރިބާ ހުރި އަދި އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (އައިފެކް) އިން ޤަބޫލުކުރާ ފެންވަރުގެ ފަންނީ ފަރާތްތައް ހިމެނޭކަން ކަށަވަރު ކުރެވިގެންދާނެ ކަމަށް ޕީސީބީން ވަނީ ބުނެފައެވެ.

ޑިރެކްޓަރުންގެ ޕޫލުގައި ހިމެނުމަށް އެދޭ ފަރާތްތަކުން 15 ޖުލައި 2024 ގެ 13:00 ގެ ކުރިން ކަމަށް އެކަމަށް އެދި ހުށަހެޅުމަށް ޕީސީބީންވަނީ ހުޅުވާލާފައެވެ.

މިއަދު އޮންލައިން