ރާއްޖޭގެ އޭވިއޭޝަން ސިނާޢަތަށް މިހާރު ގެންނަ ބަދަލުތަކާއެކު ފަތުރުވެރިކަމަށްވެސް ގިނަ ކުރިއެރުންތައް ލިބޭނެ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
ރާއްޖޭގެ އޭވިއޭޝަން ސިނާޢަތަށް މިހާރު ގެންނަ ބަދަލުތަކާއެކު ފަތުރުވެރިކަމަށްވެސް ގިނަ ކުރިއެރުންތައް ލިބޭނެ: ވަޒީރު

ރާއްޖޭގެ އޭވިއޭޝަން ސިނާޢަތަށް މިހާރު ގެންނަ ބަދަލުތަކާއެކު ފަތުރުވެރިކަމަށްވެސް ގިނަ ކުރިއެރުންތައް ލިބޭނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އޭވިއޭޝަން ދާއިރާގެ އިސް މަންދޫބުން ބައިވެރިވާ އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްގައި ބައިވެރިވާ މަންދޫބުންނަށް މަރުހަބާ ކިޔުމަށް ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓުގައި ބޭއްވި ޚާއްސަ އިވެންޓުގައި ވާހަކަދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ ރާއްޖޭގެ އޭވިއޭޝަން ސިނާޢަތަށް ގިނަ ކުރިއެރުންތަކެއް ގެނައުމަށް އަމާޒު ހިފާފައިވާ ކަަމަށެވެ. އަދި މިހާރު ގެންނަ ބަދަލުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ގިނަ ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ.

"ރާއްޖޭގެ އޭވިއޭޝަން ސިނާޢަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއްދަނީ ކުރެވެމުން، މިގެންނަ ބަދަލުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދެވޭނެ،" ވަޒީރު އަމީން ވިދާޅުވިއެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް ކުރިއަށްދާނީ މިމަހުގެ 11ގެ ނިއަލަށް ކުރުނބާ މޯލްޑިވްސްގައެވެ. މިއަހަރުގެ ބައްދަލުވުމުގައި ޖުމްލަ 27 އެއަރލައިނާއި 17 އެއަރޕޯޓާއެކު ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ 150 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.

މިއަދު އޮންލައިން