ޕްލައިވުޑާއި ޓިމްބާގެ ގޮތުގައި އޮޅުވާލައިގެން ރާއްޖެ އެތެރެކުރި 22 އުޅަނދު ދައުލަތަށް ނަގަން ހުކުމްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 44ސ
ޕްލައިވުޑާއި ޓިމްބާގެ ގޮތުގައި އޮޅުވާލައިގެން ރާއްޖެ އެތެރެކުރި 22 އުޅަނދު ދައުލަތަށް ނަގަން ހުކުމްކޮށްފި

ޕްލައިވުޑާއި ޓިމްބާގެ ގޮތުގައި އޮޅުވާލައިގެން ރާއްޖެ އެތެރެކުރި 22 އުޅަނދު ދައުލަތަށް ނަގަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މިކަމާގުޅިގެން ކަސްޓަމްސްއިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ އަމިއްލަ ފަރާތަކުން މާލެ ވިޔަފާރި ބަނދަރުން ނެރެގެން ގެންދިޔަ ދެ ކޮންޓެއިނަރުގައި އޮޅުވާލައިގެން 22 އުޅަނދާއި ސްޕެއާ ޕާޓްސްތައް އެތެރެކޮށްފައިވާކަން އެއިދާރާގެ ތަހުގީގަށް ވަނީ ސާބިތުވާކަމަށާއި އެ ދެ ކޮންޓެއިނަރުގައި ހުރި މުދާކަމުގައި ޑިކްލެއާ ކޮށްފައިވަނީ ޕްލައިވުޑާއި ޓިމްބާގެ ގޮތުގައި ކަމަށެވެ.

ކަސްޓަމްސްއިން ސިވިލް ކޯޓުގައި ކޮށްފައިވާ މި ދައުވާއާ ގުޅިގެން ސިވިލް ކޯޓުން އަމުރުކޮށްފައިވަނީ އެ 22 އުޅަނދާއި ސްޕެއާ ޕާޓްސްއަކީ ސިއްރުން ރާއްޖެއަށް އެތެރެކޮށްފައިވާ މުދާކަން މަދަނީ މިންގަނޑުތަކުން ސާބިތުވާ ކަމަށާއި ކަސްޓަމްސްގެ ޤާނޫނުގެ ދަށުން އެ މުދާ ދައުލަތަށް ނެގުމަށެވެ.

މިއަދު އޮންލައިން