ވިލިމާލޭގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ކްލާސްތައް ހިންގުމަށް ބިއްރި މިސްކިތުގެ ހޯލް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ވިލިމާލޭގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ކްލާސްތައް ހިންގުމަށް ބިއްރި މިސްކިތުގެ ހޯލް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިދީފި

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ކްލާސްތައް ވިލިމާލޭގައި ހިންގުމަށް ބިއްރި މިސްކިތުގެ ހޯލް ހަމަޖައްސައިދޭން މާލެ ސިޓީ ކައުންސިލުން ނިންމަވައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ ކީރިތި ޤުރުއާން ކުރިއެރުވުމަށް ތަނެއް ހަމަޖައްސައިދެއްވުމަށް ޤުރުއާނާބެހޭ މަރުކަޒުން ކައުންސިލްގައި އެދިފައިވާތީއެވެ.

މިއަދު ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ވަނީ ވިލިމާލޭގައި ކީރިތި ޤުރުއާން ކުރިއެރުވުމަށްޓަކައި، ޤުރުއާނުގެ ކްލާސްތައް ހިންގުމަށް ވިލިމާލޭގައި ހުންނަ ބިއްރި މިސްކިތުގެ ހޯލް ހަމަޖައްސައި ދިނުމަށް ފާސްކޮށްފައެވެ. މިފަދައިން ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ ތާއީދާއެކުގައެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިވަގުތު ބަޖެޓު ހުރިގޮތުން ތަނެއް އަޅައިގެން ޤުރުއާން ކިޔަވައިދޭނެ އިންތިޒާމް ވިލިމާލޭގައި ހަމަޖެއްސުމަކީ އުނދަގޫކަމެއްކަމަށް އެ މަރުކަޒުން ވިދާޅުވެފައިވާ ކަމަށެވެ.

ޢާޒިމް ވިދާޅުވީ ވިލިމާލޭގައި ޤުރުއާން ކިޔަވައިދިނުމަށް ބޭނުންވާ ބައެއް ވަސީލަތްތައް ހަމަޖައްސަވައިދެއްވުމަށްވެސް ޤުރުއާނާބެހޭ މަރުކަޒުން އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި ކައުންސިލުން ދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް އާާޒިމް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން