ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ މަޝްރޫޢުގެެ ދަށުން މުއައްސަސާތަކާއެކު ބައްދަލުވުންތައް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ މަޝްރޫޢުގެެ ދަށުން މުއައްސަސާތަކާއެކު ބައްދަލުވުންތައް ފަށައިފި

ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ މަޝްރޫޢުގެެ ދަށުން މުއައްސަސާތަކާއެކު ބައްދަލުވުންތައް ފަށައިފިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައިޔޫއެމްގައި ކުރިއަށްދިއަ ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ މިއީ އެވުޒާރާއިން ބޭރުގައި އެހެން މުއައްސަސާއަކަށް ޤައުމިއްޔަތު މަޝްރޫޢުގެ މަޢުލޫމާތު ދޭ ފުރަތަމަ ބައްދަލުވުމުންކަމަށެވެ. 

"މި ބައްދަލުވުންތަކުގެ ބޭނުމަކީ ޤައުމިއްޔަތު އިއާދަކުރުމުގައި ސަރުކާރުގެ ވިސްނުން ހިއްސާކުރުން. އަދި މަސައްކަތް ގެންދިއުމުގައި އެކި ޢިލްމުތަކުގެ ބޭފުޅުންގެ ޚިޔާލާ މަޝްވަރާ ހޯދުން. އޮފީހުގައި ކުރިއަށްގެންދިޔަ އެކިއެކި ބައްދަލުވުންތަކުގައި މިހާތަނަށް 600އަށްވުރެ ގިނަ މީހުންނަށް ޤައުމިއްޔަތު ތަޢާރަފުކޮށްއަރުވާ މަޝްވަރާކުރެވިއްޖެ." ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރުގެ އިތުރުން އެ ޔުނިވަރސިޓީގެ ލެކްޗަރާރުންނާއި، ދިރާސާވެރިންނާއި މުވައްޒަފުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން