ސްކޮލޮޝިޕާއި ލޯނު ހޯދުމަށް އެދިފައިވާ ދަރިވަރުން އެއްވެސް ފައިސާއެއް ސަރުކާރަށް ދައްކަން ނުޖެހޭނެ: މަތީ ތަޢުލީމާ ބެހޭ ވުޒާރާ

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
ސްކޮލޮޝިޕާއި ލޯނު ހޯދުމަށް އެދިފައިވާ ދަރިވަރުން އެއްވެސް ފައިސާއެއް ސަރުކާރަށް ދައްކަން ނުޖެހޭނެ: މަތީ ތަޢުލީމާ ބެހޭ ވުޒާރާ

ދޭ ސްކޮލޮޝިޕާއި ލޯނު ހޯދުމަށް އެދިފައިވާ ދަރިވަރުން އެއްވެސް ފައިސާއެއް ސަރުކާރަށް ދައްކަން ނުޖެހޭނެ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މިކަމާ ގުޅިގެން މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ ސަރުކާރުން ދޭ ސްކޮލޮޝިޕެއް ނުވަތަ ލޯނަށް ދަރިވަރަކު ހޮވުމަކަށް އަދި އެ ދަރިވަރެއްގެ އެއްވެސް ކަމަކަށް އެ ވުޒާރާއަށް ނުވަތަ ކަމާ ގުޅޭ އިދާރާއަކަށް ދަރިވަރުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށާއި ކަމެއް އަވަސް ކުރުމަކަށްވެސް އެއްވެސް ފައިސާއެއް ނުވަތަ ފީ އެއް ދައްކަން ނުޖެހޭނެކަމަށެވެ.

ތަޢުލީމާ ބެހޭ ވުޒާރާއިން މިހެން ބުނެފައިވަނީ ސަރުކާރުން ދޭ ސްކޮލޮޝިޕާއި ލޯނު ހޯދުމަށް އެދިފައިވާ އަދި ލޯނު ދިނުމަށް ހޮވިފައިވާ ދަރިވަރުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދަން އެދެމުން ދާކަން އެ ވުޒާރާގެ ސަމާލުކަމަށް އައުމާ ގުޅިގެންނެވެ.

ދަރިވަރުންނާއި ގުޅޭ ކަންކަމުގައި ވުޒާރާއިން މުޢާމަލާތްކުރަމުން ދާނި އެކަމަށް ޚާއްސަކޮށްފައި އޮންނަ އުސޫލުން، ޕޯޓަލްއާއި އީމެއިލްގެ ޒަރީޢާއިންކަމަށް ވެސް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. 

މިއަދު އޮންލައިން