ވެމްކޯގެ ކުނި އުކާލުމުގެ ޚިދުމަތް ރިސޯޓްތަކަށް ދޭންފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 43ސ
ވެމްކޯގެ ކުނި އުކާލުމުގެ ޚިދުމަތް ރިސޯޓްތަކަށް ދޭންފަށަނީ

ވެމްކޯގެ ކުނި އުކާލުމުގެ ޚިދުމަތް ރިސޯޓްތަކަށް ދިނުމުގެގޮތުން މިމަހު 3 އަތޮޅެއްގައި ޚިދުމަތް ދޭންފަށާނެކަމަށް ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވަޒީރު ވިދާޅުވީ ރިސޯޓްތަކުން ކުނި މެނޭޖުކުރުމަށް އޮތް ދަތިތަކާ ގުޅޭގޮތުން ތިމާވެށްޓާ ބެހޭ ވުޒާރާއާއި ވެމްކޯ އަދި ރިސޯޓްތަކާއެކުވެސް މަޝްވަރާކޮށްފައިވާކަމަށާއި އެއަށްފަހު މިހާރު ނިންމާފައިވަނީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ޒޯން 2 ގެ 3 އަތޮޅުގައި ފުރަތަމަ މި މަސައްކަތް ފެށުމަށްކަމަށެވެ. އަދި ތަޖުރިބާގެ ނަތީޖާއަށް ބަލާ، ޚިދުމަތް އިތުރާ ފުޅާކުރުމަށް ހަމަޖެހިފައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އަޖުމަބެލުމުގެ މަސައްކަތްތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެތެރޭގައި ފަށާނަން. އެއީ ރ، ބ އަދި ޅ އަތޮޅުގެ ރިސޯޓްތަކަށް. ނަތީޖާއަށް ބަލާ އިތުރު ސަރަޙައްދުތަކަށް ފުޅާކުރާނަން." ވަޒީރު ވިދާޅުވިއެވެ.

 

މިއަދު އޮންލައިން