ރާއްޖެ ރީތިކޮށް ބާއްވަން ހުރިހާ ރިސޯޓުތަކުން ވެސް ވެމްކޯގެ ކުނިނެގުމުގެ ޚިދުމަތުގައި ބައިވެރިވުމަށް ވަޒީރު ގޮވާލައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 49ސ
ރާއްޖެ ރީތިކޮށް ބާއްވަން ހުރިހާ ރިސޯޓުތަކުން ވެސް ވެމްކޯގެ ކުނިނެގުމުގެ ޚިދުމަތުގައި ބައިވެރިވުމަށް ވަޒީރު ގޮވާލައްވައިފި

ރާއްޖެ ރީތިކޮށް ބާއްވަން ހުރިހާ ރިސޯޓުތަކުން ވެސް ވެމްކޯގެ ކުނިނެގުމުގެ ޚިދުމަތުގައި ބައިވެރިވުމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިޞަލް އެދިވަޑައިގެންފިއެވެ.

ރިސޯޓުތަކުގެ ކުނި އުކާލުމުގެ ޚިދުމަތް ފެށުން ފާހަގަކުރުމަށް ވެމްކޯއިން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އަމިއްލައަށް އިސްނަގައިގެން ހުރިހާ ރިސޯޓުތަކުން ވެސް ވެމްކޯގެ ޚިދުމަތުގައި ބައިވެރިވެ ރާއްޖެ ރީތިކޮށް ބާއްވަން ޓޫރިޒަމް ސެކްޓަރގައި މަސައްކަތްކުރާ ރިސޯޓުތަކަކީ ސާފު ރީތި ތަނަކަށް ހަދަންޖެހޭ ކަމަށެވެ.

ވެމްކޯއިން މި ޚިދުމަތް ފެށުންވާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ މާލީ ގޮތުން ފައިދާހުރި ތަންތަނަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތަށް ލިބިގެންދާ ބާރަކަށް ކަމަށާއި އެގޮތުން ރިސޯޓުތަކުގެ ކުނި ވެމްކޯއިން އުކައިދޭން ފެށުމުން ރަނގަޅު އާމްދަނީއެއް އެ ކުންފުންޏަށް ލިބޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވެމްކޯއިން ކުނި އުކައިދެނީ މިޚިދުމަތުގައި ރަޖިސްޓްރީވާ ރިސޯޓުތަކަށް އެކަންޏެވެ. 

 

މިއަދު އޮންލައިން