ލޮލު ރޯގާއާއި ފާނަބަސަންދު އިތުރުވަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
ލޮލު ރޯގާއާއި ފާނަބަސަންދު އިތުރުވަނީ!

ލޮލު ރޯގާ އާއި ފާނަބަސަންދު ބަލި ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު އިތުރުވަމުންދާކަމަށް ލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ) އިން ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން (އެޗް.ޕީ.އޭ އިން ބުނެފައިވަނީ ޖޫން 30 އިން ޖުލައި 6 އަކަށް ލޮލު ރޯގާ ޖެހިގެން 337 މީހުން ރިޕޯޓުކޮށްފައިވާ ކަމަށާއި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ލ. އަދި ޏ. އަތޮޅުން ކަމަށެވެ. 

މީގެއިތުރުން ފާނަބަސަންދު ޖެހިގެން ޖޫން 30 އިން ޖުލައި 6 އަކަށް މާލެ ސަރަހައްދާއި ޅ. އަދި ސ. އަތޮޅުން 107 މީހުން ރިޕޯޓްކޮށްފައިވާކަމަށާއި ހޭންޑް ފުޓް އެންޑް މައުތް ބަލި ޖެހިގެން ޖޫން 30 އިން ޖުލައި 6 އަކަށް 35 މީހުން ރިޕޯޓުކޮށްފައިވާއިރު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދާއި އދ. އަތޮޅުން ކަމަށެވެ. 

މިއަދު އޮންލައިން