ހުޅުމާލޭގައި އެސް.ޓީ.އޯއިން ހަދާފައިވާ ހޮޓާ ދޫކޮށްލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 42ސ
ހުޅުމާލޭގައި އެސް.ޓީ.އޯއިން ހަދާފައިވާ ހޮޓާ ދޫކޮށްލަނީ

ހުޅުމާލޭގައި އެސް.ޓީ.އޯއިން ހަދާފައިވާ ހޮޓާ ދޫކޮށްލަން އެ ކުންފުނިން ނިންމައިފިއެވެ.

މިކަމާގުޅިގެން އެސް.ޓީ.އޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ، ވިޔަފާރީތައް ކުރުމާއި އިތުރު އެސެޓްތައް ގަތުމާއި އެސްޓީއޯއާ ނުގުޅޭ ބައެއް ވިޔަފާރީތައް ދޫކޮށްލުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މިފްކޯގައި އޮތް އެސްޓީއޯގެ ހިއްސާ އަނބުރާ ސަރުކާރަށް ދޫކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޝިމާދު ވިދާޅުވީ، ހުޅުމާލޭގައި ހަދާފައިވާ ހޮޓަލާއި ގުޅިގެން އެޗް.ޑީ.ސީއާއެކު އެކަމުގެ އެންމެ ފަހުގެ މަރުހަލާގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެސްޓީއޯ ހޮޓާ މައްސަލައަށް އަދިވެސް ދާއިމީ ހައްލެއް ހޯދިފައެއް ނުވާކަމަށާއި އަދި އެންމެ ފަހުގެ މަރުހަލާގެ މަޝްވަރާތައް އެޗް.ޑީ.ސީއާއެކު ކުރަމުންދާކަމަށެވެ.

މިއަދު އޮންލައިން