ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް އިންޑިއާގެ ކެރެލާގައި ފެތުރޭތީ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 40ސ
ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް އިންޑިއާގެ ކެރެލާގައި ފެތުރޭތީ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި

ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް އިންޑިއާގެ ކެރެލާގައި ފެތުރޭތީ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

މިކަމާގުޅިގެން އިންޑީއާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން ނެރުއްވި ބަޔާނެއްގައި ވަނީ ސިކުނޑިއަށް ޖެހޭ ބައްޔެއްކަމަށްވާ "ބްރެއިން އީޓިން އެމީބާ އިންފެކްޝަން" ފެތުރޭކަމަށް ކެރެލާގެ ޞިއްޙަތާ ބެހޭ ވުޒާރާތަކުން ބުނެފައިވާތީ މިކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާކަމަށެވެ.

މީގެއިތުރުން ކޮންސިއުލޭޓުން ބުނެފައިވަނީ ބްރެއިން އީޓިން އެމީބާ ބައްޔަކީ ކަންފަތުން ނުވަތަ ނޭފަތުން ހަށިގަނޑު ތެރެއަށްދާ ޖަރާސީމަކަށްވާތީ ކޯރުފަދަ ތަންތަނަށް މިދުވަސްވަރު ނޭރުމަށާއި ސްވިމިން ޕޫލަށް އެރޭ ނަމަ، ކަންފަތާއި ނޭފަތަށް ފެން ނޭޅޭ ގޮތަށް 'އިޔަރ ބަޑް' އަދި 'ނޭސަލް ކްލިބް' ބޭނުންކުރުމަށެވެ.

މިއަދު އޮންލައިން