ފުށް ފެކްޓަރީގެ މަސައްކަތްކުރިއަށް ނުގެންދިޔުމަށް އެސް.ޓީ.އޯގެ ބޯޑުން ނިންމައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 46ސ
ފުށް ފެކްޓަރީގެ މަސައްކަތްކުރިއަށް ނުގެންދިޔުމަށް އެސް.ޓީ.އޯގެ ބޯޑުން ނިންމައިފި

ފުށް ފެކްޓަރީގެ މަސައްކަތްކުރިއަށް ނުގެންދިޔުމަށް އެސް.ޓީ.އޯގެ ބޯޑުން ނިންމާފައވާކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އައު ވިޔަފާރިތަކެއްގެ ތެރެއަށް ވަނުމަށް އެސް.ޓީ.އޯއިން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން އެސް.ޓީ.އޯގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރެއް ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝިމާދު ވިދާޅުވީ، އެންމެ ފަހުން ހެދި ފީސިބިލިޓީ ސްޓަޑީއިން މިއީ ފައިދާވާނެ ވިޔަފާރިއެއް ކަމަށް ނުފެންނާތީ އެ ވިޔަފާރީގެތެރެއަށް ނުވަނުމަށް އެސް.ޓީ.އޯގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އޭރު ހެދި ފީސިބިލިޓީއާއި، މިހާރުގެ ފީސިބިލިޓީ ހެދިއިރު މި އަންނަ ކޯސްޓުތަކާއި އަޅާ ބަލާއިރު، އެހާ ފީސިބަލް ކަމަކަށް ނުވާތީ މިހާރު އަޅުގަނޑުމެން ފުށް ފެކްޓަރީގެ މަސައްކަތް ކުރިއަށް ނުގެންދަން ބޯޑުން އޮންނާނީ ނިންމާފައި." ޝިމާދު ވިދާޅުވިއެވެ. 

މިއަދު އޮންލައިން