ސަރުކާރުގެ ޚަރަދުތައް ހަމަޖައްސުމަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން ޓްރެޜަރީ ބިލް (ޓީ-ބިލް) ވިއްކަން ހުޅުވާލުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.
ކިމަމާގުޅިގެން ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ޖުމްލަ 1.2 ބިލިޔަން ރުފިޔާގެ 4 ޓީބިލެއް ވިއްކުމަށް ހުޅުވާލާއިރު ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާއި ދެމެދުގައި ކަމަށެވެ.'
ޓީ- ބިލް ވިއްކަނީ އޭގެ އަސްލު އަގަށް ވުރެ ހެޔޮކޮށް، އަދި ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން، އޭގެ ފައިސާ އަނބުރާ ދައުލަތުން އެފަރާތަކަށް އޭގެ އަސްލު އަގު އަދާކުރާ ގޮތަށެވެ. މީގެ ސަބަބުން ޓީ- ބިލަށް އިންވެސްޓްކުރާ ފަރާތްތަކަށް ފައިދާ ލިބެ އެވެ.
ޓީ- ބިލަކީ ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެކެވެ.