ނިމުނު ސަރުކާރުގައި ބާޒާރު އަގަށްވުރެ %114 އިތުރަށް ޚަރަދުކޮށްގެން ތަންތަން ހަދަން ހަވާލުކޮށްފައިވޭ: ވަޒީރު ޠާރިޤް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ނިމުނު ސަރުކާރުގައި ބާޒާރު އަގަށްވުރެ %114 އިތުރަށް ޚަރަދުކޮށްގެން ތަންތަން ހަދަން ހަވާލުކޮށްފައިވޭ: ވަޒީރު ޠާރިޤް

ނިމުނު ސަރުކާރުގައި ބާޒާރު އަގަށްވުރެ %114 އިތުރަށް ޚަރަދުކޮށްގެން ތަންތަން ހަދަން ހަވާލުކޮށްފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ނިމުނު ސަރުކާރުގައި މަސައްކަތް ކުރީ ޕްރޮޖެކްޓްތަކެއް ފަށަންކަމަށާޢި ނަމަވެސް އޭގެ މަންފާއާއި ފައިދާ ރައްޔިތުންނަށް ހޯދައިދޭން މަސައްކަތްކޮށްފައި ނުވާކަމަށެވެ. އަދި މިމަރުޚާލާގައި 60 ރަށެއްގައި އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި ވާކަމަށާއި މި މަޝްރޫޢުތަކަކީ ވަރަށް އިސްރާފު ބޮޑުކޮށް، ބާޒާރު އަގަށްވުރެ %114 އިތުރަށް ޚަރަދުކޮށްގެން ހަދަން ހަވާލުކޮށްފައިވާ ތަންތަންކަމަށެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ، ރަށްރަށުގައި އިންޖީނުގެތަކާއި އިދާރީ އޮފީސް ހެދުމަށް، އާބާދީއާއި ނުބައްދަލު މަޝްރޫޢުތައް ފަށާފައި އެބަހުރިކަމަށާއި އެގޮތުން އާބާދީގައި 500-1000 މީހުންވެސް ހަމަނުވާ ރަށްތަކުގައި މިގޮތަށް މަސައްކަތް ހަވާލުކޮށްފައިވާކަމަށެވެ.

"ކަންކަމަށް ބޭނުން ޖެހިފައިވާ ރަށްތަށް އޮތީ ދޫކޮށްލާފައި. މައްސަލައަށް ޙައްލު ގެނައުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކޮށްފައެއް ނެތް. ޚާއްސަކޮށް ބޮޑެތި އާބާދީތަކަށް އޮތް ކަރަންޓުގެ މައްސަލައަށް ޙައްލެއް ގެނެވިފައެއް ނެތް." ވަޒީރު ވިދާޅުވިއެވެ.

 

މިއަދު އޮންލައިން