ޢިބްރަތްތެރި ވާހަކަ: ޔަޠީމްކުދިން ބެލުމުން ދެއްވަވާނެ އެންމެ ގިނަ ޘަވާބް ހޯދަން ޔަތީމް 2 ކުދިން ބަލައި ބޮޑުކުރި އަންހެނަކަށް ލިބުނު އާދައާ ޚިލާފް ބޮޑު އުފާވެރިކަމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 34ސ
ޢިބްރަތްތެރި ވާހަކަ: ޔަޠީމްކުދިން ބެލުމުން ދެއްވަވާނެ އެންމެ ގިނަ ޘަވާބް ހޯދަން ޔަތީމް 2 ކުދިން ބަލައި ބޮޑުކުރި އަންހެނަކަށް ލިބުނު އާދައާ ޚިލާފް ބޮޑު އުފާވެރިކަމުގެ ވާހަކަ-

ޔަތީމް ކުދިންނަށް ހެޔޮކޮށް ހިތައި ބެލެހެއްޓުމަކީ، ގެންގުޅެ ބޮޑުކުރުމަކީ ޤިޔާމަތް ދުވަހު އެންމެ ބޮޑު އުފާވެރިކަމެއް ލިބޭނެ އެއްކަންތަކެވެ. ސުވަރުގޭގެ އެންމެ ދަރިޖަ ދެއްވަވާނެތީއެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެންމެ އަރިއަހުގައި ވެވޭނެތީއެވެ. 

މަރުވި ކުއްޖަކުވެސް އަދި މީހަކުވެސް އަލުން ދިރުމަކީ ވާނެ ކަމެއް ނޫނެވެ. ނަމަވެސް ބައެއް ފަހަރު އެވަރުގެ ބޮޑު އުފާވެރިކަން ލިބޭނެ ގޮތްތައް މެދުވެރިވެއެވެ. ތިރީގައި އެވަނީ ޔަޠީމްކުދިން ބެލުމުން ދެއްވަވާނެ އެންމެ ގިނަ ޘަވާބް ހޯދަން ޔަތީމް 2 ކުދިން ބަލައި ބޮޑުކުރި އަންހެނަކަށް ދުނިޔޭގައިވެސް އެފަދަ ބޮޑު އުފާވެރިކަމެއް ލިބުނު ގޮތުގެ ވާހަކައެވެ. 

އަޅުގަނޑަށް ވަރަށް ހެޔޮލަފާ ފިރިއަކާއި ދެ ދަރިން ދެއްވެވިއެވެ. ވަރަށް އުފަލުގައި ދިރިއުޅެމުން ދަނިކޮށް ގަދަ ހުމެއް އައިސްފައި ދެ ދަރިން ވަރަށް ގާތްގާތުގައި ނިޔާވީއެވެ. އެކަމުގެ ސަބަބުން ލިބުނު ހިތާމައަށް ކެތްތެރިވީމެވެ. ނަމަވެސް އެއީ ކިހާބޮޑުކަމެއްކަން އެނގޭނީ ހަމަ އެފަދަ ޙާލަތެއް ކުރިމަތިވުމުންނެވެ. އެފަދަ ޙާލަތެއް ކުރިމަތިވި މީހަކަށެވެ. އަޅުގަނޑަށް ކުރިމަތިވި އެންމެ ބޮޑު އެއް މައްސަލައަކީ ދަރިފުޅު މަރުވެއްޖެކަން ހިތަށް ޤަބޫލުނުކުރެވުމެވެ. 

އެއިރު އަޅުގަނޑުގެ އުމުރުންވަނީ 40 އަހަރުން މަތިވެފައެވެ. އެހެންކަމުން އަލުން ދަރިން ހޯދާނެ ހިތްވަރެއް ނެތެވެ. ހަމައެކަނި ހިތްވަރުނެތީއެއް ނޫނެވެ. ދެވަނަ ދަރިފުޅު ވިހެއުމުގެ ތެރޭގައި ކުރިމަތިވި މައްސަލަތަކަކާއި ގުޅިގެން އަޅުގަނޑަށް ވަނީ ދެން ކުދިން ނުލިބޭނެ ގޮތް ހަދައިފައެވެ. 

2 އަހަރުވީއިރުވެސް ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އަބަދުވެސް ހީވަނީ ދަރިފުޅު ގެއަށް އައިސް ވަންނަހެންނެވެ. އެކަން ނަފްސާނީ މައްސަލައަކަށްވެސްވިއެވެ. އެހެންވެ ވަރަށް ބޮޑަށް ވިސްނާފައި ޔަތީމް ކުދިން ބަލަހައްޓާ ތަނަކަށް ގޮސް ކުޑަ ދެ ކުދިން ހޯދީމެވެ. ހޯދީ ނިޔާވި ދެ ދަރިންނާއި ދާދި އެއް އުމުރުގެ ދެކުދިންނެވެ. އަންހެންކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ޢަޒުމް ކަނޑައެޅީ 2 ދަރިން ދުނިޔޭގައި ތިބިނަމަ ބަލާނެ ފަދައިން އެ 2 ކުދިން ބަލާށެވެ. ޔަތީމް ކުދިންނަށް ހެޔޮކޮށް ހިތައި ބަލައިގެން ﷲ ތަޢާލާ ދެއްވަވާނެ އެންމެ މަތީ ދަރަޖަ ހޯދާށެވެ! 

އެނިޔަތުގައި ދެކުދިން ބަލައި ބޮޑުކުރަމުންގޮސް 2 ކުދިން ކިޔަވައި ނިމި ވަޒީފާގައިވެސް އުޅެންފެށިތަނާ އެއްދުވަހަކު ގޭގެ ދޮރުގައި ޓަކިޖެހުމުން ދޮރުހުޅުވިއިރު ދެމަފަރިއަކު އައިސް ތިބީ ނިޔާވި އަހަރެމެންގެ އަންހެން ދަރިފުޅާއި ވަރަށް އެއްގޮތް ކުއްޖަކު ގޮވައިގެންނެވެ. ޙައިރާންވެ އެތައް އިރެއްވަންދެން އަނގައިންވެސް ނުބުނެވިފައި ހުރެވުނެވެ. 

ހަމައަކަށް އެޅިލުމުން ގެއަށް ވައްދައި އެމީހުންނަށް ވަރަށް ހެޔޮކޮށް ހިތުމުން އަންހެންމީހާ ވާހަކަދައްކަން ފެށިއެވެ. "މިދައްކަނީ މީގެ 20 އަހަރުކުރީގެ ވާހަކައެކެވެ. އަހަރެމެން އުޅުނީ އަހަރެމެންގެ ދަރިފުޅުވެސް ހުން އައިސްގެން ހޮސްޕިޓަލުގައި ބާއްވައިގެންނެވެ. އެދުވަސްވަރު ހޮސްޕިޓަލުގައި އައީ ވަރަށް ގިނަ ކުދިންނަށް ފަރުވާދެމުންނެވެ. 

އަހަރެމެންގެ ދަރިފުޅާއި ކަލޭގެ ދަރިފުޅާއި ސިފައިގައި ވަރަށް އެއްގޮތެވެ. އެހެންވެ މިއޮޅުން އެރީއެވެ. ނިޔާވީ އަހަރެމެންގެ ދަރިފުޅެވެ. ކަލޭގެ ދަރިފުޅު މިއިނީއެވެ. އެކަން އެނގުނީ ދަރިފުޅު ބަލިވެގެން މީގެ މަހެއްހައި ދުވަސްކުރިން ހަމަ އެހޮސްޕިޓަލުން ހެދި ޓެސްޓްތަކަކުންނެވެ. އެހައި ގިނަދުވަސްފަހުން ކަމަށްވުމުން އެ ބޮޑު އޮޅުން އެރި ގޮތެއް އެމީހުންނަކަށްވެސް ބުނެއެއް ނުދެވުނެވެ. ދެން އިތުރަށް މިކަން ޔަޤީންކުރެވޭނެ ގޮތަކަށް އޮތީ ޑީއެންއޭ ހެދުމެވެ. އަހަރެމެންގެ ޓެސްޓަކުން ދައްކަނީ މިއީ އަހަރެމެންގެ ދަރިފުޅު ނޫން ކަމަށެވެ. 

ދަރިއެއް ފަދައިން ބަލައި ބޮޑުކޮށް މިއުމުރުގައި މިފަދަ ކަމެއް ދިމާވުމުން އަހަރެމެން މިތިބީ ވަރަށް ހިތާމައިގައެވެ. ނަމަވެސް މިފަދަ ކަމެއް އެނގުމުން ޙަޤީޤަތް އޮޅުވާލައި ސިއްރުކޮށްގެން ތިބެން ހެޔޮނުވާނެތީ މިވާހަކަ ކިޔައިދޭން މިއައީއެވެ. ކަލޭގެ ބަހަކީ ކޮބައިހެއްޔެވެ؟" 

އެއިރު އަހަރެންގެ ހިތުގައި ދަރިފުޅާއިމެދު އެއްވެސް ޝައްކުކަމެއް ނެތެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ޔަޤީންކުރުންކަމަށްވާތީ އަވަހަށް ހޮސްޕިޓަލަށް ގޮސް ޑީއެންއޭ ޓެސްޓްކުރުމުން އެނގުނީ އެއީ ހަމަ އަހަރެމެންގެ ދަރިފުޅުކަމެވެ. ވީއުފަލެއް ބުނެދޭނެ ގޮތެއްވެސް ނުއެނގުނެވެ. 

އަހަރެން މިވާހަކަ ޙިއްޞާ މިކުރަނީ އެންމެ ބޭނުމަކުއެވެ. އެއީ އަހަރެންގެ ވިސްނުމުން އަހަރެމެންގެ ދަރިފުޅު އަނބުރާ އަހަރެމެންނަށް ލިބެން މެދުވެރިވި ސަބަބަކީ އަޅައިލާނެ އެއްވެސް މީހަކު ނެތް ޔަތީމް ދެކުދިން ރަނގަޅު ގޮތުގައި ބަލައި ބޮޑުކުރީތީއެވެ. ނޫންނަމަ ދަރިފުޅަށް އަހަރުވެސް ނުވަނީސް މިފަދަ ކަމެއް ހިނގުމުން އަދި އެހައި ގިނަ އަހަރުތަކަކަށްފަހު ދަރިފުޅު އަނބުރައެއް ނުލިބުނީހެވެ. މިއީ އަހަރެން ޤަބޫލުކުރާ ގޮތެވެ.

 

ކަރިޝްމާ / ޕަންޖާބް، ޕާކިސްތާން

 

 

މިއަދު އޮންލައިން