ވަރީގެ މައްސަލަތަކާ ފާޙިޝް ޢަމަލުތައް މަދުކުރެވެން އޮތް މަގު: މަދުކުރުމަށާ ކައިވެނީގެ ކުރިން ގުޅުންހިންގުމުން ދެމީހުންނަށް އަދަބުދޭން ކަނޑައެޅުއްވި ރަސްގެފާނުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 56ސ
ވަރީގެ މައްސަލަތަކާ ފާޙިޝް ޢަމަލުތައް މަދުކުރެވެން އޮތް މަގު: މަދުކުރުމަށާ ކައިވެނީގެ ކުރިން ގުޅުންހިންގުމުން ދެމީހުންނަށް އަދަބުދޭން ކަނޑައެޅުއްވި ރަސްގެފާނުގެ ވާހަކަ-

އަޅުގަނޑުގެ ބައިވެރިޔާ ހިލޭ މީހަކާއިއެކު ގުޅުން ހިންގާތާ ކިތަންމެ ދުވަހެކެވެ. އަޅުގަނޑު ސުވާލުކުރުމުން އެއްބަހެއް ނުވެއެވެ. ނަމަވެސް އެކުވެރިންގެ ގާތުގައި ބުނަނީ އުޅެނީ ދެއަންތބަށް ކައިވެނިކުރަން ކަމަށެވެ. އަދި ބައެއް މީހުންގެ ގާތުގައި ރަންކިޔުއްވައިގެން އުޅޭކަމަށްވެސް ބުނެއެވެ. 

އަޅުގަނޑުގެ ސުވާލަކީ ދެއަންތބަށް ކައިވެނިކުރަން އުޅުމަކީ ނުވަތަ ރަންކިޔުއްވުމަކީ ފާޙިޝް ޢަމަލުތައްކޮށް ގުޅުން ހިންގުނަ ހުއްދަވާ ކަމެއްތޯ؟ 

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. 

ކައިވެނިކުރުމުން ކުރަން ހުއްދަވާ ކަންކަން ކައިވެނިކުރުމުގެ ކުރުމުގެ ކުރިން ކުރާނަމަ އެކުރެވެނީ ފާފައެކެވެ. ފާފަކުރުމުން ރައްޔިތުން ސަލާމަތްކުރަން މަސައްކަތްކުރުމަކީ ވެރިކަމުގެ މައްޗަށް އޮތް އެންމެ ބޮޑު އެއް މަސްއޫލިއްޔަތެވެ. އެ މަސްއޫލިއްޔަތު އަދާނުކުރެވޭނަމަ އެމުޖުތަމަޢުއެއް ދާނީ ފަށާދަވަމުންނެވެ. އަދި ވަރީގެ މައްސަލަތައް ދާނީ އިތުރުވަމުންނެވެ. 

ހަމަ އެއާއިއެކު ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެކަންވެސް ޤަބޫލުކުރަން ޖެހޭނެއެވެ. ޤައުމުގެ ވެރިމީހާއަށް ހުރިހާ ކަމެއް ނުބެލިދާނެއެވެ. ފުލުހުންނާއި މުއައްސަސާތައް އުފައްދަންޖެހެނީ އެހެންވެގެންނެވެ. 

ތިރީގައިވާ ވާހަކަ ވިދާޅުވެލައްވާށެވެ! 

އެއީ ވަރަށް ކުޑަކުޑަ ފަޤީރު އަވަށެކެވެ. ދިރިއުޅެނީ ވަރަށް މަދު މީސްކޮޅެކެވެ. އެހެންކަމާއިއެކުވެސް އެންމެންވެސް ދިރިއުޅެނީ ހިތްހަމަޖެހިގެން ވަރަށް އުފަލުގައެވެ. އެންމެ ބޮޑު އެއް ސަބަބަކީ ކޮންމެ މީހަކަށް ކޮންމެ ވަގުތަކުވެސް ރަސްގެފާނާއި ބައްދަލުކުރެވޭކަމެވެ. ޝަކުވާއެއް ކޮށްފިނަމަ އެކަމެއް ވަގުތުން ބަލައި ޙައްލުކޮށްދޭ ކަމެވެ. 

އާދައިގެ ފެންވަރުގައި ދިރިއުޅޭ ދެމަފިރިންނެވެ. އެއްދުވަހު އަނބިމީހާ ގެއަށް އައިއިރު ފިރިމީހާ އުޅެނީ ކޮޓަރިއަށް ހިލޭ އަންހެނަކު ވައްދައިގެންނެވެ. ސުވާލުކުރުމުން ބުނީ ދެއަންތބަށް އޭނާ އާއި ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ. 

އަންހެން މީހާ ވަގުތުން ދިއައީ ރަސްގެފާނުގެ އަރިހަށެވެ. ގޮސް ޝަކުވާ ކުރުމުން ވަގުތުން ފިރިމީހާ ޙާޒިރުކޮށް ސުވާލުކުރެއްވުމުންވެސް ދިނީ އެއް ޖަވާބެކެވެ. އޭނާ ދެންނެވީ އެއީ ހިލޭ އަންހެނެއް ނޫންކަމަށާއި ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ. ފިރިހެނުންނަށް 4 އަނބިން ހުއްދަ ކަމަށެވެ. 

ރަސްގެފާނު ވަގުތުން ފަނޑިޔާރު ހާޒިރު ކުރެއްވިއެވެ. އަދި އޭނާ ރަސްގެފާނަށް ދެންނެވި ގޮތަށް ފަނޑިޔާރަށް ކިޔައިދިނުމަށްވެސް ވިދާޅުވިއެވެ. ކިޔައިދިނުމުން އެކަމުގައި މައްސަލައެއް އެބައޮތްތޯ ސުވާލުކުރުމުން ފަނޑިޔާރު ޖަވާބު ނުދީ މަޑުކޮށްލުމުން ރަސްގެފާނު ވިދާޅުވިއެވެ. 

"ފަނޑިޔާރުންނަށް އެނގެންވީ މިކަމެވެ. އޭނާ އެބުނަނީ ތެދެކެވެ. ފިރިހެނުންނަށް 4 އަނބިން ބެލެހެއްޓޭނެ ނަމަ ހުއްދަވާނެއެވެ. އެކަމަކު ކައިވެނީގެ ކުރިން ގުޅުންހިންގަން ހުއްދައެއް ނުވާނެއެވެ. ވީމާ ކައިވެނީގެ ކުރިން ހިލޭ އަންހެނަކާއި ގުޅުން ހިންގި މިންވަރު ބަލާފައި ދެމީހުން ކޮށްފައިވާ ކުށުގެ ނިޞްބަތުން އޭނާއަށް އަދަބުދޭށެވެ. އެކަކު އަނެކަކު ދެކެ ލޯބިވުމަކީ ކުށެއް ނޫނެވެ. ނަމަވެސް ކައިވެނީގެ ބޭރުން ގުޅުން ހިންގުމަކީ ކުށެކެވެ. އެކުށަށް އަދަބުނުދެވޭނަމަ މުޅި އަވަށުގައި އޮންނާނީ ޒިނޭކުރުމެވެ. މިއަވަށުގައި ޒިނޭކުރެވޭކަށް ބޭނުމެއް ނޫނެވެ." 

ފަނޑިޔާރަށް ޖެހުނީ ރަސްގެފާނު ވިދާޅުވިފަދައިން މައްސަލަ ބަލައި ކުށްކުރި ދެމީހުންނަށް އަދަބުދޭށެވެ. 

މިވާހަކަ ކިޔާފައި އަޅުގަނޑު ހިތަށް އެރިއެވެ. އެއީ ކިތަންމެ ކުޑަކުޑަ ސަހަރެއް ނަމަވެސް އެސަހަރުގައި ރަސްކަން އެކުރަނީ ހަމަ ބޮޑެތި ޤައުމުތަކުގައިވެސް ރަސްކަންކުރަން ޖެހޭނެ ގޮތަށެވެ. ވެރިކަންކުރަން ޖެހޭނެ ގޮތަށެވެ. މިފަދަ އިންޞާފުވެރި، ރައްޔިތުންގެ ޝަކުވާތައް އަޑު އައްސަވާ، ހިތްތިރި ވެރިއަކު ލިބިއްޖެނަމަ އެޤައުމެއްގެ ރައްޔިތުންނަށް ހާދަ އުފަލުގައި އުޅެވުނީހެވެ. އަދި ވަރިކައިވެނީގެ މައްސަލަތައް ހާދަހާ މަދުވީހެވެ!

 

- ނަރީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން