ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކަށް މަސް އެކްސްޕޯޓުކުުރުމުގެ ފުރުޞަތު މިހާރު ފަހިވެފައިވާކަމަށް ޤައުމީ ޝިޕިންގް ކުންފުނިން ބުނެފިއެވެ.
މިކަމާގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ޤައުމީ ޝިޕިންގް ކުންފުނީގެ ޗީފް ކޮމާޝިއަލް އޮފިސަރ ތަހާ މުޙައްމަދު ވިދާޅުވީ މިފްކޯގެ މަސް އަދި ރާއްޖޭއިން މަސް އެކްސްޕޯޓުކުރާ އެހެން ފަރާތްތަކުގެ މަސް ޔޫރަޕްގެ ޤައުމުތަކަށް އެކްސްޕޯޓުކޮށްދޭ ކަމަށާއި މިމަހުގެ 14ވަނަ ދުވަހުވަނީ މެލޭޝިއާގެ ޕޯޓު ކިލާންގއާއި ސިންގަޕޫރުން ސްރީލަންކާގެ ކޮލޮމްބޯއަށް ދަތުރުތައް ފަށާފައެވެ.
އެމްއެމްއެސްގެ އަމިއްލަ ބޯޓެއްކަމަށްވާ އެމްއެސްއެސް ގްރެފީން މި ފެށި ދަތުރުތަކާއި އެކު އެމްއެސްއެސްގެ އަމިއްލަ ކޮންޓެއިނަރގައި ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކަށް މަސް އެކްސްޕޯޓުކުރުމުގެ ފުރުސަތު ލިިބިގެންދާނެކަމަށް ތަހާ ވިދާޅުވިއެވެ.
"މިހާރުވެސް އެކްސްޕޯޓުކުރަމުންދަން ޔޫރަޕްގެ ޤައުމުތަކަށް މިފްކޯގެ އަދި ރާއްޖޭގެ އެހެން ކުންފުނިތަކުގެ މަސްވެސް، އެމްއެސްއެސްގެ އަމިއްލަ ކޮންޓެއިނަރ ބޭނުންކޮށްގެން މިމަހުގެތެރޭގައި ހުޅަނގު އިރުމަތީ އޭޝިއާގެ ގިނަ ޤައުމުތަކަށް ގަނޑުކުރި މަސް އެކްސްޕޯޓުކުރެވޭނެ" ތަހާ ވިދާޅުވިއެވެ.