ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުޑަ ކުރަނީ ދައުލަތް ހިންގުމުގެ ހަރަދު: އަޒާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުޑަ ކުރަނީ ދައުލަތް ހިންގުމުގެ ހަރަދު: އަޒާން

ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުޑަ ކުރަނީ ދައުލަތް ހިންގުމުގެ ހަރަދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު، އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.

މިއީ ދަތި ދުވަސްވަރެއް ކަމުން, ރައްޔިތުން ވެސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ވިދާޅުވެ ރައީސް އޮފީހުގެ މިނިސްޓަރ އަލީ އާރިފް ދެއްކެވި ވާހަކަތަކެއްގެ މަހްފޫމް އޮޅޭގޮތަށް ބައެއް މީޑިއާތަކުން ޚަބަރުތައް ޝާއިއުކުރަމުންދާ ދަނޑިވަޅެއްގައި ކުރެއްވި އެކްސް ޕޯސްޓެއްގައި އަޒާން ވިދާޅުވެފައި ވަނީ، ދިވެހިރާއްޖެ ބަނގުރޫޓް ނުވާ ކަމަށާއި ނަމަވެސް ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުޑަ ކުރަނީ ދައުލަތް ހިންގުމުގެ ހަރަދު ކަމަށެވެ. އަދި ދައުލަތުގެ ހަރަދުކުޑަކުރަން ގެންގުޅުއްވާ ބައެއް ސިޔާސަތުތައް ރައީސް ހާމަކުރައްވާފައިވާކަމަށާއި ރައްޔިތުންނަށް، ބޭނުން އެއްޗެއް ކައިގެން އުޅެވޭނެކަމަށް ވެސް އަޒާންގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ. 

އިގްތިސާދީ ގޮތުން ގޮންޖެހުންތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުމަށް ނިންމާފައިވެއެވެ.

މިއަދު އޮންލައިން