ކޯޕަރޭޝަންގެ މެންޑޭޓުގައި ނުހިމެނޭ އަދި ގެއްލުންވާ ގޮތަށް ފަށާފައިވާ ޕްރޮޖެކްޓްތައް ހުއްޓާލަން އެކުންފުނިން ނިނަމައިފިއެވެ.
މިކަމާގުޅިގެން ޕީއެންސީގެ ޖަލްސާއެއްގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ ނިމިދިޔަ ސަރުކާރުން އެ ކުންފުނި އިންތިހާއަށް ދަރިނިވެރިކޮށް، މީހުންގެ އިތުބާރު ގެއްލުވާލިކަމަށާއި ކުންފުންޏަށް ގެއްލުންވާ ގޮތަށް މެންޑޭޓުގައި ނުހިމެނޭ ބައެއް ޕްރޮޖެކްޓްތަކާވެސް ފެނަކައިން ހަވާލުވިކަމަށެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން 48 އޭޓީއެމް އަޅަން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ކަމަށާއި، އެއިން ކޮންމެ ޕްރޮޖެކްޓެއް ފެނަކައާ ހަވާލުކޮށްފައިވަނީ 295،000 ރުފިޔާއަށް ކަމަށް މުޢާޒް ވިދާޅުވިއެވެ.
އޭޓީއެމްތަކުގެ އިތުރުން ނުއަގުގައި ގިނައަދަދެއްގެ އައިސްޕްލާންޓްތައް އަޅަންވެސް ފެނަކާއާ ހަވާލުކޮށްފައިވާ ކަމަށާއި 9 އައިސްޕްލާންޓް އަޅަން ހަވާލުކުރިއިރު އެ މަސައްކަތް ވެސް ކޮށްފައިވަނީ ނުއަގުގައި ނަމަވެސް ޕްރޮޖެކްޓްގެ މަސައްކަތް ނުނިމެނީސް އޮޕަރޭޝަންއަށް ވެސް މުވައްޒަފުން ނަގާފައިވާ ކަމަށް މުއާޒް ވިދާޅުވިއެވެ.
"މިހާރު އެ ދެ ޕްރޮޖެކްޓް ވެސް ބާތިލުކޮށްދިނުމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވުޒާރާ އާއި ބޭންކް އޮފް މޯލްޑިވްސްގައި ދަންނަވާފައި" މުއާޒް ވިދާޅުވިއެވެ.
ނިމިދިޔަ ސަރުކާރުން ފެނަކަ ކޯޕަރޭޝަން ހިންގާފައިވާ ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުންނާއި، މެނޭޖްމަންޓުގެ ބައެއް ނިންމުން ތަކުގެ ސަބަބުން އެކުންފުނީގެ މާލީ ހާލަތުވަނީ މިއިން ދުވަހަކު ނުދާހާ ދަށަށް ގޮސްފައެވެ.