2008 ފެށިގެން މިހާތަނަށް އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ހުރިހާ އިސްލާމިކް ރެފެރެންސް ފޮތްތަކާއި އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތުގެ ދިވެހި ބަހުން ވީޑިއޯއިން ރިޕޯޓްތަކުގެ ސިފައިގައި ބަލައި އަޑު އަހާލަން ޚާއްޞަ ޔުނިޓަކާއި އެހެންވެސް މުހިންމު ގިނަ ބައިތަކަކާއިއެކު އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓް އަލުން އިފްތިތާޙްކުރާނެ ކަމަށް އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމްގެ ބަސްފުޅު:
އިސްލާމިކް މިނިސްޓްރީގެ އާ ވެބްސައިޓް ޖުލައި 26 ގައި އިފްތިތާޙުކުރެވިގެންދާނެ. މި ވެބްސައިޓްގައި އޮންލައިން ލައިބްރަރީއެއް ހުންނާ. ފޮތް ތައް ޑައުންލޯޑްކުރެވޭނެ. 2008 ފެށިގެން މިހާތަނަށް މިނިސްޓްރީން ނެރެފައިވާ ހުރިހާ އިސްލާމިކް ރެފެރެންސް ފޮތްތައް ހުންނާނެ އިންޝާ ﷲ.
އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސިޔަރަތުގެ ދިވެހި ބަހުން ވީޑިއޯއިން ރިޕޯޓްތަކުގެ ސިފައިގައި ބަލައި އަޑު އަހާލަން ޚާއްޞަ ޔުނިޓެއް ހުންނާނެ. އަދި ރިސާލަތު ޕްރޮގްރާމްގެ ހުރިހައި މައުޟޫއެއް ދިވެހި އަދި އިނގިރޭސި ބަހުން ލިބެން ހުންނާނެ ޚާއްޞަ ޔުނިޓެއް ވެބްސައިޓްގައި ހުންނާނެ. މީގެ އިތުރުން އިދާރީ ހުރިހައި މުޢާމަލާތަކާ ގުޅޭ މައުލޫމާތާއި އުޞޫލުތަކާއި ފޯމްތައް ވެސް ސައިޓުން ލިބެން ހުންނާނެ."