ބޭރަށް ހިންގުން ޖެހޭމިންވަރު ވަރަށް ބޮޑަށް އިތުރުވެެއްޖެ: އެޗްޕީއޭއިން

މިއަދު
ކިޔުމަށް ހޭދަވާނީ 40ސ
ބޭރަށް ހިންގުން ޖެހޭމިންވަރު ވަރަށް ބޮޑަށް އިތުރުވެެއްޖެ: އެޗްޕީއޭއިން

ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކުރި ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިން ބުނެފިއެވެ.

މިކަމާގުޅިގެން އެޗްޕީއޭއިން ނެރުނު ރިޕޯޓުގައިވަނީ ޑެންގީހުމާއި، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދުތަކުގެ ތަފާސްހިސާބުތަކުގައި ވާގޮތުން މިދިޔަ ޖޫންމަހު ބޭރަށް ހިންގުން ޖެހިގެން 5179 މީހުން ފަރުވާ ހޯދާފައިވާއިރު، މެއި މަހު މިބައްޔަށް ފަރުވާ ހޯދާފައިވަނީ 3508 މީހުންނެވެ.

މީގެއިތުރުން މިއަހަރުގެ މެއި މަހާ އަޅާ ބަލާއިރު ޖޫން މަހު ޑެންގީހުން ޖެހިގެން ރިޕޯޓް ކުރެވުނު ޢަދަދުވަނީ ދަށަށް ގޮސްފައެވެ. މެއި މަހު 675 މީހުންނަށް ޑެންގީ ހުން ޖެހިފައިވާއިރު ޖުލައިމަހު 623 މީހަކަށް ޑެންގީ ހުން ޖެހިފައިވެއެވެ.

މިފަދަ ބަލިތަކުން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން