މިފްކޯގެ މަސްފިހާރަތަކުން މަހުގެ ބާވަތްތައް ހުސްވިނަމަވެސް ދަޅުމަސް ވިއްކުމުގައި އެއްވެސް ލިމިޓެއް ނުގެންގުޅެން: މިފްކޯ

މިއަދު
ކިޔުމަށް ހޭދަވާނީ 39ސ
މިފްކޯގެ މަސްފިހާރަތަކުން މަހުގެ ބާވަތްތައް ހުސްވިނަމަވެސް ދަޅުމަސް ވިއްކުމުގައި އެއްވެސް ލިމިޓެއް ނުގެންގުޅެން: މިފްކޯ

މިފްކޯގެ މަސްފިހާރަތަކުން ކަނޑުގެ މަހުގެ ބާވަތްތައް ހުސްވިނަމަވެސް ދަޅުމަސް ވިއްކުމުގައި އެއްވެސް ލިމިޓެއް ނުގެންގުޅޭ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިކަމާގުޅިގެން މިފްކޯއިން ބުނެފައިވަނީ މިފްކޯގެ މަސްފިހާރަތަކުން ކަނޑު މަހުގެ ބާވަތްތައް މިދުވަސްވަރު ހުސްވެފައިވަނީ ރާއްޖޭގައި މަސްވެރިކަން ދަށްވެ، ކިރާ މަހުގެ އަދަދުވެސް މިދުވަސްވަރު ދަށްވުމުން ކަމަށެވެ.

އެހެންނަމަވެސް ދަޅުމަސް ވިއްކުމުގައި އެއްވެސް ލިމިޓެއް ނުގެންގުޅޭ ކަމަށާއި އެކުންފުނީގެ ފިހާރަތަކުން މި ދުވަސްވަރު، ކަންނެލި މަހުގެ އުފެއްދުންތައް ކުރިއެކޭ އެއްގޮތަށް ލިބެން ހުންނާނެކަމަށެވެ.

މަސްވެރިކަން ރަނގަޅުވުމާއެކު ފިހާރަތަކުން ކުރިން ލިބެމުން އައި ބާވަތްތައް ލިބެން ހުންނާނެ ކަމަށް ވެސް މިފްކޯއިން ވަނީ ބުނެއެވެ.

މިއަދު އޮންލައިން