ސްޓެލްކޯގެ ނޮލެޖްހަބް އިފްތިތާޙްކޮށްފި! މުވައްޒިފުންނަށް އިތުރުތަމްންރީނު ލިބި ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ސްޓެލްކޯގެ ނޮލެޖްހަބް އިފްތިތާޙްކޮށްފި! މުވައްޒިފުންނަށް އިތުރުތަމްންރީނު ލިބި ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ!

ސްޓެލްކޯއިން "ނޮލެޖަ ހަބް" ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް އިފްތިތާޙްކޮށްފިއެވެ. 

ސްޓެލްކޯގައި މިރޭ ބޭއްވި ކުޑަ އެހަނަސް މުހިންމު ރަސްމިއްޔާތެއްގައި މިޕްރޮގްރާމް އިފްތިތާޙްކޮށްދެއްވުމަށްފަހު މެނާޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވީ ސްޓެލްކޯ އަކީ 75 އަހަރުވެފައިވާ ވަރަށް ދުވަސްވީ ކުންފުންޏެއް ކަމަށެވެ. އަދި ކުންފުނީގެ މުސްތަގުބަލާ ދޭތެރޭ ވިސްނާ ފިކުރުކޮށް، މުސްތަގުބަލު ރާވާ ޕްލެޓްފޯމަކަށް މި ނޮލެޖް ހަބް ވެގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ސްޓެލްކޯ ނޮލެޖް ހަބަކީ އިޖާދީ ވިސްނުމާ ޚިދުމަތުގެ އެންމެ މަތީ ގިންތިއަށް ވާޞިލްވުމުގެ އަމާޒުގައި ސްޓެލްކޯއިން ފެށި ޙަރަކާތެކެވެ.  މި ޕްރޮގްރާމްގެ މައިގަނޑު މަޤުޞަދަކީ މުވައްޒަފުންގެ މެދުގައި ނަފްސު ތަރައްޤީ ކުރުމުގެ ރޫޙާ، ބަދަހިކަމާއެކު ގުޅިގެން ކުރިއެރުމުގެ ފިކުރު އަށަގެންނެވުމެވެ.   

ޕްރޮގްރާމްގެ ދަށުން މުވައްޒަފުންގެ ތެރޭގައި އެކި ދާއިރާތަކުގެ ޓްރެއިނަރުން އުފައްދައި، ޓެކްނިކަލް އަދި ނޮންޓެކްނިކަލް ދާއިރާތަކުން މުވައްޒަފުން ތަމްރީނުކޮށް ބިނާކުރުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ. މިިކަމުގެ ސަބަބުން ކުންފުނީގެ މަސައްކަތްތަކަށް ހެޔޮ ބަދަލެއް އައިސް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިވެ އިތުރަށް ފުރިހަމަވެގެންދާނެއެވެ. 

ސްޓެލްކޯއަކީ ތަޢުލީމީ، ޤާބިލް ގިނަ މުވައްޒިފުންތަކެއް މަސައްކަތްކުރަމުން ގެންދާ ކުންފުންޏެކެވެ. އެކަން ފާހަގަކުރައްވައި އެމްޑީ ޙުސައިން ފަހުމީ ވިދާޅުވެފައިވަނީ މާމަތީ ޑިގްރީތަކެއް ނެތްނަމަވެސް ވަރަށް ތަޖުރިބާކާރު ގިނަ މުވައްޒިފުންތަކެއް ކުންފުނީގައި ޚިދުމަތްކުރަމުން ގެންދާ ކަމަށާއި އެ މުވައްޒިފުންނަކީ ކުންފުނީގެ އެންމެ އަގުބޮޑު އެއް އެސެޓް ކަމަށެވެ.  

މިއަދު އޮންލައިން