ގަވަނަރުގެ މަގާމުން އަލީ ހާޝިމް ވަކި ކުރުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
ގަވަނަރުގެ މަގާމުން އަލީ ހާޝިމް ވަކި ކުރުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީން މިގޮތަށް ނިންމާފައިވަނީ އިޤްތިޞާދީ ކާރިސާއިން ޤައުމު ސަލާމަތްކުރުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިނުވާކަމަށް ބުނެ، ގަވަރުނަރުގެ މަޤާމުން ޢަލީ ޙާޝިމް ވަކިކުރެއްވުމަށް މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީއާ ގުޅިގެން އެމައްސަލަ ދިރާސާކުރުމަށް އެކޮމިޓީއަށް ފޮނުވުމުން، ޖަވާބުދާރީ ވުމުގެ ފުރުޞަތު ގަވަރަނަރަށް ދެއްވުމަށްފަހުގައެވެ.

މާލިއްޔަތު ކޮމިޓީންގެ މުޤައްރިރު މާމިގިލީ ދައިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވީ، މިމައްސަލައިގައި ޖަވާބުދާރީ ވުމަށް އަލީ ހާޝިމްއަށް ތިން ފަހަރު މަތިން ފުރުޞަތު ދެވިފައިވާ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، އެކަމަށް ގަވަނަރުގެ ހައިސިއްޔަތުން ހާޝިމްގެ ފަރާތުން ދޭން ޖެހޭ އެއްވެސް ލަފައެއް އަދި އިރުޝާދެއް އަރުވާފައި ނުވާތީ މަގާމުން ވަކި ކުރުމަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.

 

މިއަދު އޮންލައިން