42 ރެއިޑް އޮޕަރޭޝަންގައި 118 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
42 ރެއިޑް އޮޕަރޭޝަންގައި 118 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެންވަނީ ބޮޑު އޮޕަރޭޝަންގައި 42 ރެއިޑް އޮޕަރޭޝަންގައި 118 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށްގެންގޮސްފިއެވެ.

މިކަމާގުޅިގެން އިމިގްރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރާ މީހުންނަށް އަމާޒުކޮށްގެން މިފަހުން 42 ރެއިޑް އޮޕަރޭޝަން ހިންގާފައިވާނެ ކަމަށާއި އަދި މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން މިއަދާ ހަމައަށް 2069 ބިދޭސީން ފުރުވާލާފައިވާ ކަމަށެވެ. ހިންގި 42 ރެއިޑް އޮޕަރޭޝަންގައި 118 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ދިވެހިންނަށް ކުރެވެން ހުރި ވިޔަފާރިތަކުގައި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވަމުންދާ ބިދޭސީންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ފިޔަވަޅު އަޅަމުންދާނެ ކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން