ހަށިވިއްކުމުގެ ބޭނުމަށް ރާއްޖެ އެތެރެކުރި 23 ބިދޭސީ އަންހެނުން ޑީޕޯޓްކޮށްލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 43ސ
ހަށިވިއްކުމުގެ ބޭނުމަށް ރާއްޖެ އެތެރެކުރި 23 ބިދޭސީ އަންހެނުން ޑީޕޯޓްކޮށްލައިފި

ރާއްޖޭގައި ހަށިވިއްކުމުގެ ބޭނުމަށް ރާއްޖެ އެތެރެކުރި 23 ބިދޭސީ އަންހެނުން ޑީޕޯޓްކޮށްލައިފިއެވެ.

މިކަމާގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ޗީޕް އިމިގްރޭޝަން އޮފިސަރ މުޙައްމަދު ޝިފާން ވިދާޅުވީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅުނު ބަންގްލަދޭޝް ފިރިހެނަކު ޤަވައިދާ ޚިލާފަށް ރާއްޖެއަށް ގިނަ ޢަދަދެއްގެ ބިދޭސީން އެތެރެކުރި މައްސަލައެވެ. އެގޮތުން 2019 ވަނަ އަހަރުން ފެށިގެން މިއަހަރާ ހަމައަށް ހަށިވިއްކުމުގެ ބޭނުމަށް އެމީހާ 23 ބިދޭސީ އަންހެނުން ރާއްޖެ އެތެރެކުރިކަމަށް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވަނީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅުނު އެ ބިދޭސީ ފިރިހެންމީހާއާއި، އޭނާ އެތެރެކުރި ހުރިހާ އެންމެންވެސް ޑީޕޯޓްކޮށްލާފައިވާކަމަށެވެ.

މީގެއިތުރުން ބޮޑެތި ކުށްތަކަށް އަރައިގެންފައިވާ ބިދޭސީންވެސް ފާހަގަކުރެވިފައިވާ މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ވިދާޅުވެއެވެ.

މިއަދު އޮންލައިން