އެމްޓީޑީސީ އަށް ރިސޯޓު ހަދަން އިތުރު ރަށްތައް ދެނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
އެމްޓީޑީސީ އަށް ރިސޯޓު ހަދަން އިތުރު ރަށްތައް ދެނީ!

މޯލްޑިވްސް ޓޫރިޒަމް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ރިސޯޓު ހަދަން އިތުރު ރަށްތައް ދިނުމިގެ ވިސްނުން އެބަހުރިކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާބެހޭ ވަޒީރު ފައިޞަލް ވިދާޅުވީ، އެމްޓީޑީސީއަކީ ފައިދާވާ ކުންފުންޏެއް ކަމަށާއި އެ ކުންފުންޏަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ފައިދާކުރާ ކުންފުންޏެއް ކަމަށެވެ. އަދި މިހާރުވެސް ސަރުކާރުން ވަނީ 9 ރަށެއް ދެއްވާފައިކަމަށާއި ރިސޯޓު ހަދަން އިތުރު ރަށްތައް އެ ކުންފުންޏަށް ދިނުމުގެ ވިސްނުން އެބަހުރިކަމަށެވެ.

"އެމްޓީޑީސީން ދަނީ ވަރަށް ހަރުދަނާ އުޞޫލެއްގެ ދަށުން، އެމީހުންނާ ހަވާލުކޮށްފައިވާ ރަށްތައް ތަރައްޤީކުރަމުން. އަދިވެސް އެމްޓީޑީސީ އިތުރަށް ފުޅާކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި، މި ކުންފުންޏަށް އިތުރު ރަށްތައްދޭ ގޮތަށް ވިސްނުން އެބަހުރި." ވަޒީރު ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ފައިދާވާ ކުންފުނިތަކަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އަމާޒެކެވެ.

މިއަދު އޮންލައިން