20 ފުޅި ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 46ސ
20 ފުޅި ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފި

ބަނގުރާ ފުޅިތަކަކާއެކު ހުުޅުމާލެއިން ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. 

އޭނާ ހައްޔަރުކޮށްފައިވަނީ މި ޖުލައި މަހުގެ 17 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނާއާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފައެވެ. 

ހުޅުމާލެ ގުލްޒާރުމާ ހިނގުމުން އޭނާ ހުއްޓުވައި، އޭނާ ގެންގުޅުނު ދަބަސް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 20 ފުޅި ފެނިފައިވެއެވެ. 

އޭގެ އިތުރުން، މިއަދު ހެނދުނު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައި ހުޅުމާލެ ދިއްގާމަގު ކެޔޮޅު ބީޗުގައިހުރި ގަސްގަނޑެއްގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ސެލޯފިންކޮޅު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. 

މި ދެ މައްސަލަ ވެސް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން