ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހިންނާއި އެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.
މިކަމާގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިދުވަސްވަރު ބަންގްލަދޭޝަށް ދަތުރުކުރާ ފަރާތްތަކުން އަދި އެޤައުމުގައި ދިރިއުޅޭ ދިވެހީން، ބަންގްލަދޭޝްގެ ސަރުކާރުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް މިދުވަސްވަރު ބޭރަށް ނިކުމެ ނޫޅުމަށް އެދިވަޑައިގަންނަވާފައެވެ. އަދި އެޤައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ދެއްވާ އިރުޝާދުގެ މަތިން ޢަމަލުކުރުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.
މިގޮތުން ބަންގްލަދޭޝް ސަރުކާރުން ދޭ އިރުޝާދުތަކާ އެއްގޮތަށް މިދަނޑިވަޅުގައި ބޭރަށް ނުކުމެ ނޫޅުމަށާއި އެ ގައުމުގެ ސަރުކާރާއި އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށްވެސް އިލްތިމާސް ކޮށްފައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދިންނާއި އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިކަމާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުއްވުން އެދެމެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.