ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕް މިފަަހަރު 19 ދަރިވަރަކަށް ލިބިއްޖެއެވެ.
މަތީ ސާނަވީ އިމްތިޙާނުން މަތީ ދަރަޖަތައް ޙާސިލުކުރި ދަރިވަރުންނަށް ސްކޮލަރޝިޕް ލިޔުން ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މިދިޔަ އަހަރު ބޭއްވި މަތީ ސާނަވީ އިމްތިހާނުތަކުން 5 މާއްދާއިން އެންމެ މަތީ ގްރޭޑް ހޯދާފައިވަނީ، 136 ދަރިވަރުންނެވެ. އަދި އޭގެ ތެރެއިން ފަސް މާއްދާއިން އޭ ސްޓާ ހޯދައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަރޝިޕް ލިބުނީ 19 ދަރިވަރަކަށެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕްގެ ލިޔުން ހަވާލުކުރީ ރޭ ހުރަވީ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.