ތަރައްޤީގެ މަގުން އެންމެ ބާރަށް ކުރިއަށް ހިނގާފައި ދެވޭނީ ތަރައްޤީއާއި އާބާދީ އެއްފަސްކޮށްގެން: އަބްދުއްރަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ތަރައްޤީގެ މަގުން އެންމެ ބާރަށް ކުރިއަށް ހިނގާފައި ދެވޭނީ ތަރައްޤީއާއި އާބާދީ އެއްފަސްކޮށްގެން: އަބްދުއްރަހީމް

ތަރައްޤީގެ މަގުން އެންމެ ބާރަށް ކުރިއަށް ހިނގާފައި ދެވޭނީ ތަރައްޤީއާއި އާބާދީ އެއްފަސްކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގައި ވެމްކޯ ޚިދުމަތް އިފްތިތާޙްކުރުމުގެ ރަސްމީއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތަސް 500 ނުވަތަ 700 އާބާދީ އޮންނަ ރަށްތަކުގައި ހުރިހާ ޚިދުމަތެއް ޤާޢިމް ކުރުން ވެގެންދާނީ އުނދަގޫ ކަމަކަށް ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅު ވަނީ އަރބަން ސެންޓަރުތަކެއް ޤާއިމްކޮށް މާލެއާއި އެއް ފެންވަރެއްގައި އެތަންތަނުން ޚިދުމަތް ލިބޭނެ ނިޒާމެއް ޤާއިމް ކުރުން ކަމަށެވެ. އޭރުން މާލެ ތޮއްޖެހެމުންދާ ދިއުމަށް ނިމުމެއް ގެނެވޭނެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

"ތަރައްޤީގެ މަގުން އެންމެ ބާރަށް ކުރިއަށް ހިނގާފައި ދެވޭނީ ތަރައްޤީއާއި އާބާދީ އެއްފަސްކޮށްގެން ކަމަށް ރައީސުލްޖުމުހީރީއްޔާ ޤަބޫލުފުޅު ކުރައްވަނީ. އެއްގޮތަކަށްވެސް މި ދަންނަވަނީ ކުދިކުދި ރައްރަށުން މީހުން ބާލާ ވާހަކެއް ނޫން. ތަރައްޤީއާއި އާބާދީ އެއްފަސްކުރީމަ އެމީހުން އަމިއްލައަށް އެތަންތަނަށް އަންނާނެ." އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަންނެވުމަށްފަހު މިހާރު ފެނިވަޑައިގަންނަވަނީ، ވަރަށް ބާރު ސްޕީޑުގައި ވަޢުދުތައް ފުއްދަވަމުންދާ މަންޒަރު ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. 

މިއަދު އޮންލައިން