ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ކާބޯތަކެތި ޑެލިވަރީ ކުރަމުންދިޔަ ތަނަކުން 11 ބިދޭސީން އަތުލައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 38ސ
ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ކާބޯތަކެތި ޑެލިވަރީ ކުރަމުންދިޔަ ތަނަކުން 11 ބިދޭސީން އަތުލައިގެންފި

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ކާބޯތަކެތި ޑެލިވަރީ ކުރަމުންދިޔަ ތަނަކުން 11 ބިދޭސީން އަތުލައިގެންފިއެވެ.

މިކަމާގުޅިގެން އިމިގްރޭޝަނުން ވިދާޅުވީ، ބިދޭސީ ބަޔަކު ހުޅުމާލޭ ގަރާޖެއްގެ މަތީގައި ހިންގަމުންދާ ކާބޯތަކެތި ޑެލިވަރީ ކުރާ ތަނަކާއި ގުޅިގެން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ މަޢުލޫމާތާއެކު އެތަން ބަލާފާސްކުރެވުނު ކަމަށާއި އިމިގްރޭޝަނުން އެތަނަށް ދިޔައިރު ބިދޭސީން ދިޔައީ އެތަން ރޫޅާލާ ހުސްކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ނަމަވެސް، ގަވާއިދާ ހިލާފަށް ކާބޯތަކެތި ޑެލިވަރީ ކުރާ ތަނުގައި ތިބި ބިދޭސީ 8 މީހަކާއި ގަރާޖުން ތިން މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

އިމިގްރޭޝަނުން ވަނީ މިތަނާއި ގުޅޭގޮތުން ދާދި ފަހުން ސޯޝަލް މީޑިއާގައި އާއްމުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަން ވެސް ހާމަކޮށްފައެވެ.

މިއަދު އޮންލައިން