ދިރިއުޅުމަށް ބޭނުންވާ މަސައްކަތުގެ ހުނަރާއި ސިފަތަކާއި އަހްލާގު އަށަގަންނުވަން އެބަ ޖެހޭ،: މިނިސްޓަރު މާރިޔާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
ދިރިއުޅުމަށް ބޭނުންވާ މަސައްކަތުގެ ހުނަރާއި ސިފަތަކާއި އަހްލާގު އަށަގަންނުވަން އެބަ ޖެހޭ،: މިނިސްޓަރު މާރިޔާ

ދިރިއުޅުމަށް ބޭނުންވާ މަސައްކަތުގެ ހުނަރާއި ސިފަތަކާއި އަހްލާގު އަށަގަންނުވަން އެބަ ޖެހޭ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ރޭ ވިދާޅުވެއްޖެއެވެ.

ހުރަވީ ސްކޫލްގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕާއި، ހައި އެޗީވާސް ސްކޮލަޝިޕްގެ ލިޔުން ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި މާރިޔާ ވިދާޅުވީ 21 ވަނަ ގަރުނަށް ބޭނުންވާ އިލްމާއި ދިރިއުޅުމަށް ބޭނުންވާ މަސައްކަތުގެ ހުނަރާއި ސިފަތަކާއި އަހްލާގު އަޅުގަނޑުމެންގެ ކިބައިގައި އަށަގަންނުވަން އެބަ ޖެހޭ ކަމަށެެވެ.

"މި ލޮބުވެތި ގައުމުން ތިޔަ ދަރިވަރުންނަށް ކުރާ ހޭދައަށްވުރެ މަތީ ދަރަޖައަށް ތިޔަ ކުދިންގެ ހިދުމަތަށް އެދި މި ގައުމު ގޮވަމުންދާކަން. އާދެ 21 ވަނަ ގަރުނަށް ބޭނުންވާ އިލްމާއި ދިރިއުޅުމަށް ބޭނުންވާ މަސައްކަތުގެ ހުނަރާއި ސިފަތަކާއި އަހްލާގު އަޅުގަނޑުމެންގެ ކިބައިގައި އަށަގަންނުވަން އެބަ ޖެހޭ،" މާރިޔާ ވިދާޅުވި އެވެ.

މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން ދެއްވާ އަޙައްމިއްޔަތުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ދިވެހި ޒުވާނުން ޢިލްމީ ޤާބިލު މީހުންނަށް ހެއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެނޑިނޭޅި ދެއްވާ ލަފާފުޅުތަކާއެކު، ކޮށްޓަވައިދެއްވާ މަގުތައް ނުހަނު ގިނަގުނަކަމަށެވެ. އަދި އެކަންކަމުގެ ހެޔޮ ނަތީޖާ ކުރިއަށްއޮތްތާނގައި ފެނިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މާތްﷲގެ ވާގިފުޅާއެކު، މި 5 އަހަރު ނިމޭއިރު ދިވެހި ޒުވާނުން ބޭނުންވާ ފުރިހަމަ ނަތީޖާއާ ހަމައަށް ވާސިލުވެވޭނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު މިރޭ ތިޔަ ބޭފުޅުނަށް އަރުވަން. މީގެ އިތުރުން ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ކަށަވަރުކޮށް ދެއްވުމަށްވެސް ޢިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނުހަނު ބޮޑަށް މަސައްކަތްޕުޅުކުރައްވަވާ. ނަތީޖާއެއްގެ ގޮތުން ކުރިމަގުގައި އަޅުގަނޑުމެންނަށް ފެންނާނީ އިރާދަކުރެއްވިއްޔާ އުފާވެރި ފުދުންތެރި ޢިލްމީ ޤާބިލު ޖީލެއް." ވަޒީރު ޑރ. މާރިޔާ ވިދާޅުވިއެވެ.

މިއަދު އޮންލައިން