މަގޫދޫ އެއަރޕޯޓުގެ މަސައްކަތް އަލުން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
މަގޫދޫ އެއަރޕޯޓުގެ މަސައްކަތް އަލުން ފަށައިފި

ފަޅުން 30 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީކުރާ ފ.މަގޫދޫ އެއަރޕޯޓް މަސައްކަތް އަލުން ފަށައިފިއެވެ.

މިކަމާގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ފ.މަގޫދޫ ކައުންސިލް ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ މަގޫދޫ އެއަރޕޯޓްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން ފަށާފައިވާކަމަށާއި މިހާރު ކުރިއަށްދަނީ އެއަރޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ޝިޕްމަންޓުތައްވެސް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަގޫދޫގައި ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

މަގޫދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއާއެކު ސިނާޢީ މަސައްކަތްތަކަށާއި އިޖްތިމާޢީ ބޭނުންތަކަށް ރަށަށް އިތުރުކުރެވޭ ޖާގަޔާއެކު ޖުމްލަ 48 ހެކްޓަރުގެ ބިން އެމްޓީސީސީން ހިއްކާ، 3300 އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިމާޔަތްކުރާނެއެވެ.

މިއެއަރޕޯޓުގެ ހިންގުން ހަވާލުކޮށްފައިވަނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީއާއެވެ. 

 

މިއަދު އޮންލައިން