މޯލްޑިވްސް އިސްލާމިކް ބޭންކުން ކުންފުނިތަކަށް އޮންލައިންކޮށް އެކައުންޓު ރަޖިސްޓްރީކުރެވޭ ގޮތް ހަދައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
މޯލްޑިވްސް އިސްލާމިކް ބޭންކުން ކުންފުނިތަކަށް އޮންލައިންކޮށް އެކައުންޓު ރަޖިސްޓްރީކުރެވޭ ގޮތް ހަދައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ކުންފުނިތަކަށް އޮންލައިންކޮށް އެކައުންޓު ރަޖިސްޓްރީކުރެވޭ ގޮތް ހަދައިފިއެވެ.

މިކަމާގުޅިގެން އެމްއައިބީން ބުނެފައިވަނީ ޑިޖިޓަލް ބިޒްނަސް އެކައުންޓްގެ ޚިދުމަތާއެކު ބޭންކަށް ނުގޮސްވެސް މިހާރު ކުންފުނިތަކަށް އޮންލައިންކޮށް ފޯމެއް ފުރާލައިގެން އެކައުންޓް ހުޅުވޭނެކަމަށާއި ފޯމު ފުރާ ޕޯޓަލް ހުންނާނީ އިޤުތިޞާދީ ތަރައްޤީއާބެހޭ ވުޒާރާގެ ޑޭޓާބޭސްއާ ގުޅާލެވިފައިކަމަށެވެ.

އިޤުތިޞާދީ ތަރައްޤީއާބެހޭ ވުޒާރާގެ ކުންފުނިތަކުގެ ޑޭޓާބޭސްގައި އެކުންފުންޏަކަށް ދީފައިވާ ކޯޑު، ޕޯޓަލްގައި ލިޔުމާއެކު އޮޓޮމެޓިކޮށް އެ ކުންފުންޏެއްގެ މަޢުލޫމާތު ހިމަނައިގެން ފޯމު ފުރާލަދޭނެއެވެ.

މި ޚިދުމަތުގެ އިތުރުން މިހާރު އެމްއައިބީގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް އޮންލައިންކޮށް ވިޔަފާރިތަކަށް ރާއްޖެއިން ބޭރަށްވެސް ފައިސާ ފޮނުވޭނެ ކަމަށާއި ބޭންކަށް ބަރޯއްސާނުވެ، ކުންފުނިތަކުގެ ބީއެމްއެލް ބިޒްނަސް އެކައުންޓު މެދުވެރިކޮށް މުވައްޒަފުންނަށް މުސާރަ ދެވޭނެކަމަށްވެސް އެމްއައިބީން ވަނީ ބުނެއެވެ.

މިއަދު އޮންލައިން