މައިމީހާއަށް ހެޔޮކޮށްހިތުމަކީ ރަނގަޅު ބައިވެރިއަކު ލިބުމަށް އޮތް އެންމެ ފަހިމަގުކަން ތަޖުރިބާކުރެވުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 18ސ
މައިމީހާއަށް ހެޔޮކޮށްހިތުމަކީ ރަނގަޅު ބައިވެރިއަކު ލިބުމަށް އޮތް އެންމެ ފަހިމަގުކަން ތަޖުރިބާކުރެވުނު އަންހެނެއްގެ ވާހަކަ-

މައިންބަފައިންނަށް އަޅާލައި ހެޔޮކޮށްހިތަން އަންގަވާފައިވަނީ ﷲ ތަޢާލާއެވެ. އަދި އެންމެ ބޮޑަށް މައިންނަށް އަޅާލައި ހެޔޮކޮށް ހިތަން އަންގަވާފައިވަނީވެސް ﷲ ތަޢާލާއެވެ. ޔަޤީންކަމަކީ ޢަމަލުކޮށްފިނަމަ އެމީހަކަށް ﷲ ތަޢާލާ ހެޔޮގޮތްތައް މިންވަރުކުރައްވަވާނެކަމެވެ. ބައެއް މީހުންނަށް ދުނިޔެއާއި އާޚިރަތުގައެވެ. އަނެއް ބައަކަށް އާޚިރަތް ދުވަހުއެވެ.  

ތިރީގައިވާ ވާހަކައަކީ ލޯފަން މަންމައަކަށްޓަކައި އަމިއްލަ ހުރިހާ އުފާތަކެއް ދޫކޮށްލައި މަންމައަށް ޚިދުމަތްކުރަމުންދިއަ އަންހެން ކުއްޖަކަށް ލިބުނު ތަނަވަސް އުފާވެރި ދިރިއުޅުމުގެ ވާހަކައެވެ. ވިދާޅުވެ ހިތްވަރުލިބިގަންނާށެވެ!  

އޭނާއަކީ ވަރަށް ހިތްހެޔޮ މީހެކެވެ. އަދި ތަނަވަސްވެސް މީހެކެވެ. އެއް ދުވަހަކު ދަރިފުޅު އޭނާގެ ލޯފަން މަންމަ ގޮވައިގެން މަގުމަތީގައި ހިނގަމުންދަނިކޮށް ފެނިގެން އެދެމައިންގެ ފަޤީރުކަމާއި ނިކަމެތިކަން ވިސްނި އޭނާގެ ހިތުގައި ހަމްދަރުދީ އުފެދިގެން އޭނާގެ ގެއަށް އަނެއް ދުވަހު ދިއުމަށް ދައުވަތުދީ އެޑްރެސްކާޑުވެސް ދިނެވެ. އަދި އަންހެންކުއްޖާއަށް ވަޒީފާ ދޭނެ ކަމަށްވެސް ބުންޏެވެ.  

ދަޢުވަތު ޤަބޫލުނުކުރަން އަންހެންކުއްޖާ ވަރަށް ގިނަ ބަހަނާތައް ދެއްކިއެވެ. އޭނާއަކީ މަންމަގެ ހުރި ހަމައެކަނި ދަރިފުޅު ކަމަށާއި ކިތަންމެ ފަޤީރު ޙާލުގައި އުޅެންޖެހުނަސް މަންމަ ދޫކޮށްލާފައި ވަޒީފާއަށް ނުދެވޭނެ ކަމަށްވެސް ބުންޏެވެ.  

އޭނާ ބުނީ މަންމަ ގޮވައިގެން ދިއުމަށެވެ. ވަޒީފާ ދޭންވެގެން މިއުޅެނީ މަންމައަށް ހެޔޮކޮށް ހިތަން ކަމަށާއި ދެމައިން ގޭގައި ބައިތިއްބައި މަންމައަށް ވަރަށް ހެޔޮކޮށް ކަންތައްތައް ކޮށްދޭނެ ކަމަށްބުނުމުން އަނެއްދުވަހު ދެމައިން އެގެއަށް ދިއައެވެ.  

އޭނާގެ އަނބިމީހާއަކީ އަތުން އެއްވެސް ކަމެއް ނުކުރާ ވަރަށް ކަންނެތް އަންހެނެކެވެ. މީރުކޮށް ކައްކާކަށްވެސް ނުއެނގެއެވެ. އަންހެން ކުއްޖާއަކީ ވަރަށް ހީވާގި، މީރުކޮށް ކައްކަން ދަންނަ އަންހެނެކެވެ. އެހެންވެ ކައްކާ އެއްޗެތީގެ މީރުވާހަކަ ފިރިމީހާ ދައްކަން ފެށުމުން އަނބިމީހާގެ ހިތުގައި ހަސަދަވެރިކަން އުފެދުނެވެ. ހަސަދަވެރިކަން ބޮޑުވެ އިތުރުވަމުން ގޮސް ދެދުވަހަކު ގެއިންވެސް ނެރުނެވެ. ކޮންމެ ދުވަހަކުވެސް ފިރިމީހާއަށް ގެއަށް އާދެވި ގެއަށް ވައްދަނީއެވެ.  

އަންހެން މީހާގެ އަނިޔާވެރިކަން އެހައި ބޮޑުވުމުން އޭނާގެ ކިބައިން ރައްކައުތެރިކޮށްދެއްވެވުން އެދި މައިމީހާ ދިއައީ އަބަދުވެސް ދުޢާކުރަމުންނެވެ. ކަލާނގެ ހެޔޮ ރަޙްމަތް ލައްވަވާނެ ކަމަށްބުނެ ކެތްތެރިވުމަށް މައިމީހާ އައީ ދަރިފުޅަށް ހިތްވަރުދެމުންނެވެ.  

އެއީ ޘަވާބު ހޯދަން އެހީތެރިވާ ލޯފަން އަންހެނެއް ކަމަށް ބުނެ އެގޮތަށް ކަންކަން ނުކުރަން ކޮންމެ ދުވަހަކުވެސް އަނބިމީހާއަށް ނަޞޭޙަތްތެރިވެއެވެ. 3 ވަނަދުވަހު ފިރިމީހާއަށް ގެއަށް އާދެވުނުއިރު އަނބިމީހާ އެދެމައިންނަށް ވަރަށް އަނިޔާވެރި ގޮތަކަށް ކަންކަންކޮށްފައި ދެމައިން ގެއިން ބޭރުކޮށްލުމުން ފޮށި ހިފައިގެން ގެއިން ނުކުމެގެންދަނީއެވެ. އެދުވަހު އެނބުރި ގެއަށްވަނީ ދެން ދުވަހަކުވެސް އެގޮތަށް ކަންކަން ވިއަ ނުދޭނެކަމަށް އެތައް ފަހަރަކުބުނެގެންނެވެ.  

އަންހެން ކުއްޖާ ބުންޏެވެ. "އަހަރެމެންނަކީ ވަރަށް ފަޤީރު ބައެކެވެ. އެހެނަސް ހިތެއް އޮވެއެވެ. އަދި އަހަރެމެން ދެމައިންނާއިހުރެ އެއްވެސް މީހެއްގެ ހިތްބުރަވާކަށްވެސް ބޭނުމެއް ނޫނެވެ."  

އެދުވަހު ގެއަށް ވަދެ އޭނާގެ އަންހެނުން ވަރިކޮށް ގެއިން ނެރެލިއެވެ. އެއީ ލޯފަން އަންހެނަކަށް ރަޙުމް ނުކޮށް އަނިޔާވެރިކަން ތަކުރާރުކުރާތީއެވެ. އަދި މަންމަގެ ޙާޒިރުގައި އަންހެނެން ކުއްޖާގެ ކައިވެންޏަށް އެދި އެތައްވަރަކަށް އާދޭސްކުރުމުން އަންހެންކުއްޖާ އެކަން ޤަބޫލުކުރިއެވެ. އެއީ އޭނާގެ ރިވެތި އަޚްލާޤަށްޓަކައެވެ. އޭނާގެ މަންމަ ދެކެ އެވަރަށް ލޯބިވާތީއެވެ. އެހިސާބުން ތަނަވަސް، އަޚްލާޤް ރަނގަޅު ފިރިއަކު ލިބުނީއެވެ. އެވަރަށް އާދޭސްކޮށްގެން އެއަންހެންކުއްޖާ އާއި ކައިވެނިކުރީ އޭނާގެ ލޯފަން މަންމަ ބަލައިދޭން އޭނާވެފައި އޮތް ވަޢުދު ފުއްދުމުގެ ބޭނުމުގައެވެ. އެކަމުން ލިބެން އޮތް ޘަވާބުގެ ދަހިވެތިކަމުގައެވެ.  

މިއީ އަޅުގަނޑުގެ އެކުވެރިއަކު، ރަނގަޅު ބައިވެރިއަކު ލިބުމަށް އެދޭނަމަ މައިމީހާއަށް ހެޔޮކޮށް ހިތަން ނަޞޭޙަތްތެރިވެ އަޅުގަނޑާއި ޙިއްޞާކުރި ވާހަކައެކެވެ. އަޅުގަނޑު ބޭނުންވަނީ މިވާހަކަ މިއަދުނޫސް މެދުވެރިކޮށް ވީހާ ގިނަބައަކަށް ފޯރުކުރުމެވެ. އެކުވެރިޔާ އަޅުގަނޑަށް ދިން ނަޞޭހަތާއިއެކުގައެވެ. މިއީ ވަރަށް ޢިބްރަތްތެރި ވާހަކައެއް ކަމަށް ދެކެމެވެ.

 

- ޒަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން