ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ކުރަން. އަޅުގަނޑުމެންގެ މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞަޙާބުން ޝާމިލް ކުރަން.
ރައީސުލް ޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. ރައީސުލް ޖުމްޙޫރިއްޔާގެ ނައިބު އަލް އުސްތާޒް ހުސެއިން މުޙައްމަދު ލަތީފް. ދައުލަތުގެ ވަޒީރުން. ރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް. ބޭރުގެ ދަޢުލަތްތަކުގެ ސަފީރުން. ވަޑައިގެންދެއްވެވި އެންމެހާ ޢިއްޒަތްތެރިން. ކައުންސިލްތަކުގެ އެންމެހާ މެންބަރުން. ހޯމް ޓީމުގެ އެންމެހާ މެންބަރުން. ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން. އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.
އާދެ، ރައީސުލް ޖުމްހޫރިއްޔާ މި ރަސްމިއްޔާތަށް ވަޑައިގެން އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ޝަރަފެއް. އެކަމަށްޓަކާ ރައީސުލް ޖުމްހޫރިއްޔާއަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރަން.
ރައީސުލް ޖުމްޙޫރިއްޔާ ހުވާކުރުމަށްފަހުގައި މި ހޯމް ޓީމަށް ދެއްވި ވަރަށްބޮޑު ޒިންމާތަކެއް އެބަވޭ. އޭގެތެރޭގަ ދިވެހިރާއްޖެ މަސްތުވާތަކެތީގެ ވަބާއިން އެއްކޮށް ސަލާމަތްކުރުމާއި، ދިވެހިރާއްޖޭގައި ގޭންގުހަދައިގެން ކުއްތައް ކުރުމުން ދިވެހިރާއްޖެ ސަލާމަތް ކުރުމާއި، އަދި ހަމައެއާއެކު ގަވައިދާ ޚިލާފަށް ރާއްޖޭގަ އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ ރައީސްގެ އެންމެ މުހިއްމު 3 މަސެއްކަތްކަމަށް އަޅުގަނޑުމެންނާ ހަވާލުކޮށްފައިވާ މަސެއްކަތް. މިގޮތުން މި މަސެއްކަތް ފުރިހަމަ ކުރުމަށްޓަކާ ދިވެހިރާއްޖޭގަ އަލަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއެއް ހައްދަވައި، މި މިސްޓްރީގެ އަމްބްރެއްލާގެ ދަށަށް މިކަމާ ގުޅޭ ހުރިހާ އިދާރާތަކެއް ގެންނަވާ، މަސެއްކަތްތައް ތަރުތީބު ކުރެއްވި. އެ ކުރެއްވި ހިސާބުންފެށިގެން އަޅުގަނޑުމެންނަށް ފަސޭހަކަމާއެކު މި މަސެއްކަތް ކުރެވޭނެ މަގުތައް ކޮށިގެންދިޔަ.
މިގޮތުން މިރޭ މި ލޯންޗްކުރެވުނު އެޕް ނުވަތަ ނާރެސްއަކީ ރައްޔިތުންނާ ގާތުން މިދެންނެވި މަސެއްކަތްތައް ކުރުމަށް އަޅުގަނޑުމެންނަށް މަގުފަހިވެގެންދާނެ އެޕްލިކޭޝަންއެއް. ފުރަތަމަ ކަމަކަށް އެޕްލިކޭޝަންގެ ޒަރިއްޔާއިން އައި.ޑީ ކާޑްތަކަށް މިހާރު އޮންލައިންކޮށް އަމިއްލައަށް އެޕްލައި ނުކުރެވޭ ބޭފުޅުންނަށް، ރަށްރަށުގަ ތިބެގެން ފަސޭހަކަމާއެކު ކާޑަށް އެޕްލައި ކުރެވޭނެ މަގު ހުޅުވިގެން ދާނެ.
އަޅުގަނޑުމެން ކުރީގަ އީފާސް މެދުވެރިކޮށް އޮންލައިންކޮށް އައިޑީކާޑަށް އަމިއްލަ ނަފްސު ބޭނުންކޮށްގެން ނުވަތަ ނަފްސަށް ހެދިފައިވާ ޔޫސަރ އައިޑީ ޕާސްވޯޑް ބޭނުންކޮށްގެން އައިޑޑީ ކާޑަށް އެޕްލައި ކުރަމުން އަންނަނީ. އެހެންނަމަވެސް އުމުރުން ދުވަސްވީ ފަރާތްތަކާއި އިންޓަރނެޓަށް އެކްސެސް ނުލިބޭ ފަރާތްތަކަށް މީ ފަސޭހަ ކަމެއް ނޫން. އަޅުގަނަޑުމެން މި ގެޕް ފިލްކޮށް ކައުންސިލްތަކާއި ސީދާ ގުޅާލުމުން މި ފުރުސަތު ލިބިގެން ދަނީ އެފަދަ ބޭބޭފުޅުންނަށް ފަސޭހަކަމާއެކު ރަށުގަތިބެގެން އައިޑީކާޑަށް އަޕްލައި ކޯށްލެވޭނެ ފުރުސަތު.
ދެވަނަ ކަމަކަށް އެ އައި.ޑީ ކާޑުގެ ސްޓޭޓަސް ނޭންގިގެން، އަޅުގަނޑުމެން މި މަސެއްކަތާ ހަވާލުވީއިރުގަ ގާތްގަނޑަކަށް 3348 އައި.ޑީ ކާޑު ޕެންޑިންގަ، ޚިދުމަތަށް އެދިފަ ޕްރިންޓް ނުކުރެވި އޮތް. އުފަލާއެކު ފާހަގަކުރަން ބޭނުންވަނީ މިހާރު އަޅުގަނޑުމެންނަށް ޕެންޑިންގަ 24 ގަޑިއިރަށްވުރެ ގިނައިރު އައި.ޑީ ކާޑެއް ނޯއްނާނެކަމަށް. އަޅުގަނޑުމެން މި ދޭންފަށާ ޚިދުމަތުގެ ޒަރިއްޔާއިން އައި.ޑީ ކާޑަކަށް އެޕްލައިކުރާ ރައްޔިތަކަށް މި އެޕް މެދުވެރިކޮށް އެމީހާގެ އައި.ޑީ ކާޑުގެ މިހާރުގެ ސްޓޭޓަސް އަކީ ކޮބައިތޯ ބަލާލެވޭނެ. ރާއްޖެތެރޭގަ ކިތަންމެ ދުރެއްގަ ރަށެއްގަ ހުރެގެންވެސް އެޕްލައި ކުރާ އައި.ޑީ ކާޑު މާލެއިން ޕްރިންޓް ކުރެވި އެރަށާ ހިސާބަށް ދެވެންދެން މިހާރު އޮތީ ކޮން ހިސާބެއްގަތޯ އެނގިގެންދާނެ. ހަމަ އެއާއެކު ރަށުގަ ތިބެގެން އައި.ޑީ ކާޑު އިޝޫ ކުރެވިގެންދާނެ.
އަޅުގަނޑުމެން މިއަދު މި ދޫކުރި ފިންގަރޕްރިންޓް މެޝިންތައް ބޭނުންކޮށްގެން، ކައުންސިލްތަކުން އޮޕަރޭން ކުރަނީ ފޭސް 2 ކުރިއަށް ދާއިރުގަ ގަވައިދާ ޚީލާފަށް އުޅެމުންދާ ބިދޭސީލް އައިޑެންޓިފައި ކުރުމަށްޓަކާ މުޅި ރަށުގަ ތިބޭ ބިދޭސީންގެ ފިންގަރޕްރިންޓް ނެގުމުގެ މަސެއްކަތް ކުރިއަށް ދާނެ. މިގޮތުން ރަށްރަށުގަ ތިބެގެން ބިދޭސީންގެ ފިންގަރޕްރިންޓް ނެގުމާއެކުގައި، އަޅުގަނޑުމެންގެ ހެދިފައިވާ ސެންޓްރަލް ޑޭޓަރބޭސްއަށް މި ޑޭޓާ އަޅުގަޑުމެން ޕުލް ކުރާނަން.
އެއަށްފަހުގަ ކައުންސިލް އަށް އޮޓޯއިން އެ ސިސްޓަމްގެ ޒަރިއްޔާއިން ލިބިދޭނެ އެރަށުގަ ތިބި ބިދޭސީންގެ ދަފްތަރު. ބިދޭސީންގެ ދަފްތަރު އެކުލަވާލުމަކީ ކައުންސިލތަކަށް ޤާނޫނީ ގޮތުން ދީފަ އޮތް ޒިންމާއެއް ކަމުގައި ވީނަމަވެސް މި ދެންނެވިފަދަ ވަޞީލަތްތައް ނެތި މިއޮއްހާ ދުވަހު މިކަން ކުރުމަށް ތަންކޮޅެއް އުންދަގޫކަމަށް އަޅުގަޑު ފާހަގަ ކުރަން.
ބައެއް ރަށްރަށުގަ ކައުންސިލްތަކުން އެބަ ބަލަހައްޓަވާ ދަފްތަރު. އެއ 100، 200 ވަރަކަށް މީހުން ތިބެންޏާ. އެހެންނަމަވެސް ހާހުން ދެހާހުން ބިދޭސީން ތިބި ރަށްރަށުގަ މިކަން ކުރުމަކީ ފސޭހަ ކަމެއް ނޫން. އެކަން އަޅގަނޑުމެން ޤަބޫލުކުރާ ހާލު، ޕްރެޝަރ ކުރަން ޖެހިއްހެ. ދެވަނަ ފޭސް މިދަނީ މިކަމަށް މަގުފަހި ކޮށްދެމުން. ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ ޢަދަދު ކަށަވަރުކޮށް އެއީ ކޮންބައެއްކަން ދެނެގަނެ އެމީހުންނާ ދޭތެރޭ އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު، އެއީ ޤާނޫނީ އިމުގެ ތެރެއަށް އެމީހުން ގެނައުންކަމުގަ ވިއަސް އަދި އެމީހުން ރާޢްޖެއިން ފުރުވާލުން ކަމުގައި ވިއަސް، މިކަމަށް މަގު ފަހިވެގެންދާނީ މި ހިންގޭ އޮޕަރޭޝަންގެ ޒަރިއްޔާއިން ރާއްޖޭގަ ތިބޭ ބިދޭސީން 100 ޕަސެންޓް ބަޔޯމެޓްރިކަލީ އައިޑެންޓިފައި ކުރެވިގެން.
އަޅުގަނޑުމެންގެ މިހާރު ހެދިފަހުރި ޑޭޓާބޭސްތަކުގަ އެތަކެއް އަހަރުތަކެއްވީ ސަރުކާރުތަކުން އައިއްސަ، ބައެއް ފަރާތްތަކުގެ އިޙުމާލުތަކާއި އެކުގަ، މީ ހިތާމަޔާއިއެކު ދަންނަވަން ޖެހޭ އެއްޗެއް، އެހެންނަމަވެސް ކަމުގެ ޙަޤީގަތް ބަޔާންކުރުމަކި ކަން އޮތް ގޮތް ކަން އަޅުގަނޑު ޤަބޫލުކުރަން. އިހުމާލުތަކާ އެކުގަ އަޅުގަނޑުމެންނަށް އަޅާނުލެވި އޮތް އޮތުން އެއީ މި މައްސަލައަށް މިހާވަރަށް ކޮންޓްރިބޮއުޓް ވެފަ އޮތް ސަބަބަކީ.
އަޅުގަނޑުމެން އޮޕަރޭޝަން ކުރަންޖެހިއްޖެ، ފޭސް 1 ގަ މި ފެށީ. މިކަމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލާ އަދި ބައެއް ރަށްރަށުގަ މިކަން އޮތް ހާލަތު ދެނެގަނެ އެޕްލިކޭޝަންތައް ޑިވެލޮޕް ކުރަން. ފޭސް 2 ގެ ޒަރިއްޔާގަ އަޅުގަނޑުމެން މިހާރު ޑިވެލޮޕް ކުރެވިފައިވާ އެޕްލިކޭޝަންތަކުގެ ސީދާ އެކްސެސް ކައުންސިލް ތަކަށް އަޅުގަނޑުމެން ދޭނަން. އޭރަށް ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީއެއް، ނުވަތަ ޝައްކު ކުރެވޭ ބިދޭސީއެއްނަމަ ކައުންސިލް މެންބަރަކު ގޮސް އެމީހާގެ ފޮޓޯ ނަގާލާ ހިސާބުން އެ އެޕްލިކޭޝަންގެ ޒަރިއްޔާއިން އެއީ ކާކުކަން، ކީއްކުރާ މީހެއްކަން، ކޮން ކުންފުންޏެއްގެ ނަމުގަ އައިއްސަ އިން މީހެއްކަން، އެންމެ ފަހުން
ވިސާ ދެއްކީ ކޮން އިރަކުކަން އިނގިގެންދާނެ. ނުވަތަ އެމީހާ ކައުންސިލަށް ހާޒިރުކޮށް އޭނަގެ ފިންގަރޕްރިންޓް ނެގުމުންވެސް މި ދެންނެވި މައުލޫމާތު އިނގިގެން ދާނެ. ހަމައެއާއެކު ލޯ އެންފޯސް ކުރުމަށްޓަކައި ފުލުހުން ރަށްރަށުގަ މަސެއްކަތް ކުރާއިރުގަ، ފުލުހުންވެސް ފޯނުގެ ޒަރިއްޔާއިން ފޮޓޮއެއް ނަގާލުމުން އެމީހާ އައިޑެންޓިފައި ކުރެވިގެން ދާނެ. މީ އަޅުގަނޑުމެން ފޭސް 1 ގަ ކުރި މަސެއްކަތް. އަދި ފޭސް 2 ގަ މި ކައުންސިލްތަކަށް މި ބާރުވެރިކަން ދިނުމުން ރާއްޖޭގަ އޮތް ޤަވާއިދާ ޚިލާފަށް މީހުން އުޅެމުންދާ މައްސަލައަށް ދާއިމީ ހާއްލެއް ހޯދުމުގެ ފުރަތަމަ ބައި ނިމުނީ.
100 ޕަސެންޓް މީހުން އައި.ޑީ ކުރުމަށް އަޅުގަނޑުމެން ކަނޑައަޅާފަ އޮތް ޓައިމް ލައިނަކީ 1 އަހަރު ދުވަސް. ޖެހިގެން އަންނަ 2 ވަނަ އަހަރާއި 3 ވަނަ އަހަރަކީ މިގޮތުން އައިޑެންޓިފައި ކުރެވޭ މީހުން، ޤާނޫނީ އިމުގެ ތެރެއަށް ގެނައުމުގެ މަސެއްކަތް ކުރާނެ 2 އަހަރު ދުވަސް.
ﷲ ގެ އިރާދަފުޅާއެކު، ރައީސްގެ އިންސްޓްރަކްޝަނާ އެއްކޮށް އަޅުގަނޑުމެން މި މަސެއްކަތް ކުރަނީ 3 އަހަރު ތެރޭގަ ރާއްޖޭގަ މި އޮތް ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް ދާޢިމީ ހައްލެއް ގެނައުމަށް.
ޤާނޫނު ތަންފީޒް ކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް ކޮންމެހެން އަންގަވާފައިވާ މަސެއްކަތް. ހޯމްލޭން ސެކިއުރިޓީ މިނިސްޓްރީއިން އެންމެ އިސްކަން ދީގެން ކުރަމުންދާނީ ޤާނޫނު ތަންފީޒު ކުރުމުގެ މަސެއްކަތް.
ދިވެހިރާއްޖޭގެ އެނގިވަޑައިގަންނަވާނެ ފުލުހުންނާއި ޖަލްތައް ބަލަހައްޓަވާ ފަރާތްތަކާޢި ކަސްޓަމްސްއާއި އަދި އިމިގްރޭޝަން، ޔުނިފޯމްޑް 4 މުއައްސަސާވެގެން ޤާނޫނުތައް މިވަޤުތު ދަނީ ވަރަށް ބާރަށް ތަންފީޒު ކުރަމުން. މިގޮތުން އިމިގްރޭޝަން ކޮންޓްރޯލާގެ ބެއްލެވުމުގެ ދަށުން އިމިގްރޭޝަނުން އެނގިވަޑައިގަންނަވާނެ ޤަވާއިދާ ޚިލާފާށް އުޅޭ ބިދޭސީން، ޚާއްސަކޮށް ބިދޭސީން ފިޔަފާރި ކުރާ ތަންތަނަށް ޚާއްސަ ރެއިޑް އޮޕަރޭޝަންތަކެއް މިހާރު ދަނީ ހިންގަމުން.
ފުލުހުން ދަނީ މަސްތުވާތަކެރި ބޭނުންކުރާ މީހުން، މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް ޚާއްސަކޮށްގެން އޮޕރޭޝަންތަކެއް ހިންގަމުން. ގޭންގް ހަދައިގެން ކުއްތައް ކުރާ ފަރާތްތަކާ ދެކޮޅަށް ކުރަންޖެހޭ މަސެއްކަތްތައް ފުލުން މިދަނީ ކުރަމުން. މިކަމަށް ދާއިމީ ހައްލު ހޯދުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް އަޅުގަނޑުމެން މިހާރު މިދަނީ ޑްރާފްޓް ކުރަމުން. މާތް ﷲ ގެ އިރާދަފުޅާއެކު، އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް އަހަރެއްހާ ދުވަސްތެރޭގައި މި ދެކަންތައްވެސް ހައްލަކަށް ގެނައުން.
ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަކީ ރައީސުލް ޖުމްހޫރިއްޔާގެ އެންމެ ބޮޑު އެއް ވަޢުދުފުޅު. އަޅުގަނޑުމެން މި މަސެއްކަތް ކުރަނީ މި ހޯމް ޓީމްގެ ފަރާތުންދޭ ހުރިހާ ޚިދުމަތަކީ ވެސް ރއްޔިތުންނާ ވަރަށް ގާތުންދެވޭ،އަދި ރައްޔިތުން އެދޭ ގޮތަށް ދެމުންދާ ޚިދުމަތްތަކަކަށް ހެދުން.
- ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހައްދަން އެދެވޭ "ނާރެސް" ޕޯޓަލާއި ކުރަނގި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި އިފްތިތާޙުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައިމިނިސްޓަރ އޮފް ހޯމްލޭން ސެކިއުރިޓީ އެންޑް ޓެކްނޮލޮގީ އަލީ އިޙްސާން ދެއްކެވި ވާހަކަފުޅުން