މިފްކޯގެ އިސްވެރިންގެ މުސާރަ ކުޑަކޮށް ޕާފޯމަންސް ދަށް މުވައްޒަފުނަށް ފިޔަވަޅުއަޅަން މިފްކޯގެ ބޯޑުން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
މިފްކޯގެ އިސްވެރިންގެ މުސާރަ ކުޑަކޮށް ޕާފޯމަންސް ދަށް މުވައްޒަފުނަށް ފިޔަވަޅުއަޅަން މިފްކޯގެ ބޯޑުން ނިންމައިފި

މިފްކޯގެ އިސްވެރިންގެ މުސާރަ ކުޑަކުރުމަށާއި ޕާފޯމަންސް ދަށް މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ހާއްސަ ފިޔަވަޅުތަކެއް އަޅަން މިފްކޯގެ ބޯޑުން ނިންމައިފިއެވެ.

މިކަމާގުޅިގެން މިފްކޯގެ މިފްކޯގެ ސީއެފްއޯ އިލްޔާސް ހަނީފް ސޮއި ކުރައްވައި، ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ފޮނުވި މެމޯގައި ބުނީ ފިނޭންސް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އަދި މިފްކޯ ގުޅިގެން އެ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކުރިއަށް ގެންދާ "މިފްކޯ އެފިޝަންސީ އެކްސަސައިޒް"ގެ ދަށުން ބައެއް ފިޔަވަޅުތައް އަޅަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިދިޔަ ބުދަ ދުވަހު ނިންމާފައިވާ ކަމަށެވެ.

ހިންގުން ހަރުދަނާކުރުމަށް މިފްކޯގެ ބޯޑުން އަޅަން ނިންމި ފިޔަވަޅުތައް:

• ކުންފުނީގެ ސީނިއަރ އަދި މިޑްލް މެނޭޖްމަންޓުގެ ވެރިންގެ އަސާސީ މުސާރައިން 20 އިންސައްތަ ކުޑަކުރުން، މީގެތެރޭގައި ސީ.އީ.އޯ އިން ފެށިގެން ސީނިއަރ މެނޭޖަރ ރޭންކުގައި ތިބި ފަރާތްތައް ހިމެނުން

• މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގައި ހުރި ފަރަގުތައް ކުޑަކުރުމުގެ ގޮތުން ހުރިހާ ޑިޕާޓްމަންޓްތަކެއްގެ މުސާރައިގެ އޮނިގަނޑު އެއް ހަމަކުރުން

• މުވައްޒަފުންގެ ތެރެއިން މަސައްކަތުގެ ޕާފޯމަންސްއަށް ބަލާ ވަޒީފާއިން ވަކި ކުރަންޖެހޭ މުވައްޒަފުން އުސޫލުތަކާއި އެއްގޮތަށް ވަޒީފާއިން ވަކި ކުރުން

• ޕްރޮބޭޝަންގައި ތިބި މުވައްޒަފުންގެ ޕަރފޯމަންސަށް ބެލުމަށްފަހު ކޮންމެހެން ކުންފުންޏަށް ބޭނުންވާ މުވައްޒަފުން ފިޔަވާ އެހެން މުވައްޒަފުން ވަޒީފާއިން ވަކިކުރުން

• މިހާރު ދެމުންދާ އެލަވަންސްތައް މުރާޖާކުރުން، އެގޮތުން ޑެޕިއުޓީ ހެޑް އެލަވަންސް އާއި، އިންޖީނިއަރިން އެލަވަންސާއި، ކޭން ޕްރޮޑަކްޝަން އެލަވަންސާއި، ރިސްކް އެލަވަންސާއި، ނޮން ޕްރެކްޓިސް އެލަވަންސް ދިނުން ހުއްޓާލުން

• އިތުރު ގަޑީގައި މަސައްކަތްކުރަން ކޮންމެހެން ޖެހޭ ފަރާތްތައް ފިޔަވާ އިތުރުގަޑީގައި މަސައްކަތް ނުކުރުން ހިމެނެއެވެ.

މިއަދު އޮންލައިން