އަމާޒަކީ ކޮންމެ މީހަކަށްވެސް ބިރެއްނެތި އަމާންކަމާއެކު އުޅެވޭނެ މާޙައުލެއް ޤާއިމުކޮށްދިނުން! އެކަން ކުރާނަން! އިން ޝާ ﷲ: ހޯމް މިނިސްޓަރ އިޙްޞާން

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 37ސ
އަމާޒަކީ ކޮންމެ މީހަކަށްވެސް ބިރެއްނެތި އަމާންކަމާއެކު އުޅެވޭނެ މާޙައުލެއް ޤާއިމުކޮށްދިނުން! އެކަން ކުރާނަން! އިން ޝާ ﷲ: ހޯމް މިނިސްޓަރ އިޙްޞާން

އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ރަށްރަށުގަ އަދި ސިޓީތަކުގަ އަމާންކަމާއެކު އުޅެވޭނެ މާހައުލެއް ވަރަށް އަވަހަށް ޤާއިމް ކުރަން. އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހަކީ އިންޑިވިޖުއަލް ވަކި ފަރުދަކު، އެއީ އަންހެން ކުއްޖަކަށް ވިޔަސް ފިރިހެން ކުއްޖަކަށްވިއަސް، އުމުރުން ދުވަސްވީ މީހަކަށް ވިއަސް، އުމުރުން ޙަގު ކުއްޖަކަސް ވިއަސް، އެމީހާ ހުންނަ ގެއަކުން ވަކި ރަށެއް ވަކި ސިޓީއެއް އިސްތިސްނާ ނުކޮށް ބޭނުންވާ ތަނަކަށް ބޭނުންއިރަކު އެކަނިމާ އެކަނި ގޮސް އަނބުރާ އާދެވޭނެ މާހައުލެއް ރާއްޖޭގަ އުފެއްދުން. އެއީ އަޅުގަނޑުމެންގެ މިޝަން ޙާސިލްވާނެ ދުވަސް ކަމަށް އަޅުގަނޑު ޤަބޫލުކުރަން.

މި މަސެއްކަތް ކުރެވެމުން ދާއިރުގަ ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުން އަޅުގަނޑުމެންނަށް ލިބިގެންދޭ. މިގޮތުން އަޅުގަނޑުމެން އެކިއެކި ވުޒާރާތަކުން ދޭ އެއްބާރުލުން ވަރަށް ބޮޑަށް ފާހަގަ ކުރަން. ހަމަ އެއާއެކު ރަށްރަށުގެ ކައުންސިލްތަކުން އަޅުގަނޑަށް މިހާރު މި ދެމުންދާ އެއްބާރުލުމަކީ އަޅުގަނޑު އިޚްލާސްތެރިކަމާއެކު ފާހަގަ ކުރާ ކަމެއް. ދިވެހިރާއްޖޭގަ ޤާނޫނު ތަންފީޒު ކުރުމަށް އަޅުގަނޑުމެން އެންމެން މި ކުރާ މަސައްކަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކޮރަޕްޝަން. އެނިގވަޑައިގަންނަވާނެ، ކޮރަޕްޝަންގެ ހާއްޔަކަށް ރާއްޖޭގެ ގިނަ މުއައްސަސާތައް އޮތީ ވެފަ. ހިތާމައަކީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގަވެސް ހުރި ބައެއް މުއައްސަސާތަކުގަ  

މިފަދަ ކަންކަން އޮތްކަން. އެހެންނަމަވެސް ރައީސްގެ ވަރަށް ކްލިއަރ އިންސްޓްރަކްޝަންއެއް، އަޅުގަނޑުމެން 0 ޓޮލަރެންސް ޕޮލިސީއެއް އޮތް ކަމެއް އެއީ ޚާއްސަކޮށް ޔުނިފޯމް އެޅި މުއައްސަސާތަކުގެ ތެރޭގަ މިފދަ އެއްވެސް ކަމެއްގެ ޒައްރެއްގެ މިންވަރުވެސް ނުބޭއްވުން.

އެނގިވަޑައިގަންނަވާނެ ވަރަށް ފަހުން މިކަމާ ގުޅިގެން އަޅުގަނޑުމެން ވާނެ ކަރެކްޝަނަލް ސާރވިސްގެ 18 އޮފިޝަރުން، ކުރިގެ އޮފިސަރުންނާއެކު ލައިގެން 18 އޮފިސަރުންނާ ދޭތެރޭ މިހާރު ޤާނޫނީ ފިޔަވަޅު އަޅަންފަށާފަ. މިކަމަށް އިސްތިސްނާއެއް ނުވޭ ވަކި މުއައްސަސާއެއް، ވަކި ފަރުދެއް. މި މިނިސްޓްރީގެ ދަށުގަ މަސެއްކަތްކުރާ ހުރިހާ ބޭފުޅުންނަކީ ނަޒާހަތްތެރި ކަމާއެކުގަ މަސެއްކަތް ކުރާ މީހުންކަމަށް އަޅުގަނޑުމެން ކަށަވަރު ކުރާނަން. ރައީސުލް ޖުމްޙޫރިއްޔާ އަށައި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަޏޑު ދޭން ބޭނުންވާ ޔަޤީންކަމަކީ އަޅުގަނޑުމެން މި ނަޒާހާތްތެރިކަމާއެކު ރައްޔިތުންގެ ޚިދުމަތުގައި ދެމި ތިބޭނެކަން. ދިވެހި ރާއްޖޭގެ ދާޚިލީ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް އޮތުމަކީ އަޅުގަނޑުމެން އެންމެން އެދޭ އެދުން. 

އަޅުގަނޑުގެ ދުޢާއަކީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން މި ކުރާ ބުރަ މަސެއްކަތުގައި ބަރަކާތް ލެއްވުން. އަދި ރާއްޖެއަކީ އަބަދުވެސް އަމާން ޤައުމެއްގެ ގޮތުގައި ލެހެއްޓެވުން. ކުރިއަށް ދިވެހި ޤައުމު.

ވައްސަލާމްޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.

- ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހައްދަން އެދެވޭ "ނާރެސް" ޕޯޓަލާއި ކުރަނގި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި އިފްތިތާޙުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައިމިނިސްޓަރ އޮފް ހޯމްލޭން ސެކިއުރިޓީ އެންޑް ޓެކްނޮލޮގީ އަލީ އިޙްސާން ދެއްކެވި ވާހަކަފުޅުން  

 

 

މިއަދު އޮންލައިން