ރައްޔިތުންގެ ތާއީދު ދުވަހުން ދުވަހަށް ރައިސް އަށް ދަނީ އިތުރުވަމުން: އަބްދުއްރަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ރައްޔިތުންގެ ތާއީދު ދުވަހުން ދުވަހަށް ރައިސް އަށް ދަނީ އިތުރުވަމުން: އަބްދުއްރަހީމް

ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް ޕީއެންސީން ކާމިޔާބު ކުރުމުން ފެނިގެންދަނީ ރައްޔިތުންގެ ތާއީދު ދުވަހުން ދުވަހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށްއިތުރުވަމުންދާތަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދުގެ ބައި އިލެކްޝަނުގެ ތެރެއިން، ޕީއެންސީ ފަސް ދާއިރާ ވެސް ކާމިޔާބު ކުރިއިރު އިދިކޮޅު އެމްޑީޕީއަށް އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ނުކުރެވެ އެވެ.

މިކަމާ ގުޅިގެން ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީ ކެނޑިޑޭޓުންނަށް މަރުޙަބާ ވިދާޅުވެފައެވެ. އަބްދުއްރަޙީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތާއީދު ފަތުއަޑު ކިޔާފައި ރައްޔިތުންގެތެރޭގައި އިތުރުވަމުން ދާކަމުގެ ސާފު ހެކި ވޯޓުން ދައްކައިދީފިކަމަށެވެ. 

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 13،112 މީހުންގެ ތެރެއިން ވޯޓުލާން ނިކުތީ 3،528 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ނިސްބަތުން ބަލާއިރު 27 އިންސައްތަ އެވެ.

މިއަދު އޮންލައިން